ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއިދާރާގެ 13 ބުރީގެ އައު އިމާރާތުގެ މެއިން ރިސެޕްޝަނާއި އަދި ލައިބްރަރީ ރިސެޕްޝަން ހިމެނޭ ގޮތަށް މި އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ވަޑާމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި 57-T/IU/2019/29 ނަންބަރ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
04 ޛުލްޙިއްޖާ 1440
05 އޮގަސްޓް 2019