ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
ޞިއްޙީމަރުކަޒުގެ ކަރަންޓް ތްރީފޭސްއަށް ބަދަލުކުރުން

ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގެ ކަރަންޓް ތްރީފޭސްއަށް ބަދަލުކުރުން

މިމަރުކަޒުގެ ކަރަންޓް ތްރީފޭސްއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމަރުކަޒުގެ ނަންބަރު: (IUL)B08-HC/2019/07 ގެ އިޢުލާން ބާތިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

މިމަރުކަޒުގެ ކުރިން އިމާރާތްކުރެވިފައިވާ ބައިގެ ކަރަންޓު އިންޓަރނަލް ވަޔަރިންގ އެއްކޮށް ބަދަލުކޮށް އަދި މުޅި އިމާރާތުގެ ކަރަންޓް 3 ފޭސްއަށް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 އޮގަސްޓު 20 ވާ އަންގާރަ ދުވަހުގެ 10:00ށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓު 27 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6520547 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 އޮގަސްޓް 2019
ހޯދާ