ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކުރުން

ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކުރުން

މިޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 އޮގަސްޓު 19 ވާ ހޯމަ ދުވަހުގެ 11.30ށް މިމަރުކަޒަށް ނުވަތަ ހދ.އަތޮޅު ހެލްތް ސާރވިސަސްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓު 26 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު މިމަރުކަޒަށް ނުވަތަ ހދ.އަތޮޅު ހެލްތް ސާރވިސަސްއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިމަރުކަޒަށް ނުވަތަ ހދ.އަތޮޅު ހެލްތް ސާރވިސަސްއަށް ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6520547 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

04 އޮގަސްޓް 2019
ހޯދާ