ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2019/56 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-21-19) PSM-GA /2019/215 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުންނީގެ ރޭޑިއޯ ބިލްޑިންގ އާއި ޓީވީ ބިލްޑިންގ ގައި ހަރުކުރުމަށް ބޭނުންވާ '' 5 (ފަހެއް) ވޯޓަރ ޑިސްޕެންސަރ '' ގަންނަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/46 ނަންބަރ އިޢުލާނާގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، 2 ވަނަ ފަހަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވޯޓަރ ޑިސްޕެންސަރ އާއި ގުޅޭ މަޢުލޫމާތު މިއިއުލާނާ އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މި ވޯޓަރ ޑިސްޕެންސަރ ސަޕްލައިކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތް ތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް 05 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
29 ޛުލްޤަޢިދާ 1440
01 އޮގަސްޓް 2019