މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ވެބް ޕޯޓަލްއެއް ފަރުމާކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ(ތިން އިޢުލާން)

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވެބް ޕޯޓަލްއެއް ފަރުމާކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ(ތިން އިޢުލާން)

މި މިނިސްޓްރީގެ ވެބްސައިޓްގައި 'ގްރީން ކްލައިމެޓް ފަންޑް' އާބެހޭ ޕޯޓަލްއެއް ހިމެނުމަށް، މި ޕޯޓަލް މިމިނިސްޓްރީން ބޭނުންވާ ގޮތަށް ފަރުމާކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިގޮތުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)438-CCD/438/2019/149)  އިއުލާނަށް ލިބިފައިވާ  ބިޑްތަކުގެ މައޫލޫމާތު ފުރިހަމަ ނުވާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު ހިމަނާފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 06 އޮގަސްޓް 2019ގެ 23:59 ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

ޕްރީބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 އޮގަސްޓް 2019 ވާ އަންގާރަ ދުވަހު ހެނދުނު 11.00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ.

 

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2019 ދުވަހުގެ ހެނދުނު 11.00  ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ވެބް ޕޯޓަލްއެއް ފަރުމާކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު ނަންބަރު: IUL)438-CCD/438/2019/204) 

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.

01 އޮގަސްޓް 2019
ހޯދާ