އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތު ކުރުން

މިއަތޮޅު އަތޮޅުގެ ( ސްޓޭޓްހައުސް ) މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތު ކޮށްދޭނެ ފަރާތައް ހޯދުމަށް ކުރި ނަންބަރު: (IUL)233-ADS/233/2019/19 (11 ޖުލައި 2019) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓް 07 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ޚާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޮގަސްޓް 21 ވާ ހޯމަ ދުވަހުގެ 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް، މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ އެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ، އެކަން ބަޔާންކުރައްވައި ސިޓީއަކާއެކު ބޭފުޅަކު ފޮނުއްވިދާނެ އެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަންދާސީ ހިސާބާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 އޮގަސްޓް 2019
ހޯދާ