ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
|
|
މަގާމުގެ ނަންބަރު:
|
J 230621
|
|
ބޭނުންވާ އަދަދު:
|
1
|
|
މަގާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 3
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް
|
|
މުސާރަ:
|
-/4465 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/1,500 ރުފިޔާ
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
1562/75 ރުފިޔާ
|
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/700 ރުފިޔާ
|
|
މަގާމުގެ ޝަރުތު
|
- 'ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
|
- ޑިޕާރޓްމަންޓުން ތައްޔާރުކުރާ ތަފާތު މަޝްރޫއުތަކުގެ ކޮންސެޕްޓްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ތަފާތު މަޝްރޫޢޫތައް ހިންގުމަށް ބޭނުންވާ އެހީހޯދުމަށް ބޭއްވޭ ބައްދަލުވުންތަކުގައި ޑިޕާރޓްމަންޓް ތަމްސީލްކުރުމަށް ތައްޔާރުކުރަންޖެހޭ ފަންނީ ކަރުދާސްތައް ތައްޔާރުކުރުމާއި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުން.
- ޑިޕާރޓްމަންޓުން ހިންގާ އެކިއެކި މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ މަސައްކަތްތަކުގެ މައުލޫމާތު އެއްކޮށް، މިފަދަ މަސައްކަތްތަކުގެ ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށް އެހީދޭ ފަރާތްތަކާއި އަދި ހިއްސާ ކުރަންޖެހޭ އެހެނިގެން ފަރާތްތަކާއި ހިއްސާ ކުރުން.
- ޑިޕާރޓްމަންޓުން ގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން ހަދަންޖެހޭ ފީލްޑް އެސެސްމަންޓްތައް ހެދުމަށް ދާންޖެހޭ ރަށްރަށަށް އަދި ސައިޓްތަކަށް ދިއުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ތައްޔާރުކުރުމާއި ބޭނުންވާ ޑޭޓާ އެއްކޮށް ޕްރޮސެސްކުރުން.
- މޫސުމަށް އަންނަ ބަދަލުތަކުގެ ޤައުމީ ޢަމަލީ ސިޔާސަތު ތަންފީޒު ކުރެވޭ މިންވަރު ބެލުމަށް އެއްކުރަންޖެހޭ މަޢުލޫމާތު އެއްކުރުމާއި މިމަޢުލޫމާތުގެ އަލީގައި ތައްޔާރު ކުރަންޖެހޭ ރިޕޯޓް ތައްޔާރު ކުރުން.
- އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާއަށް ރާއްޖެއިން ހުށަހަޅަންޖެހޭ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ޑިޕާރޓްމަންޓަށް ބޭނުންވާ އެހީތެރިކަށް ފޯރުކޮށް ދިނުން
- ޑިޕާރޓްމަންޓުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޓެކްނިކަލް ރިޕޯޓްތައް އަދި ނިމޭ މަޝްރޫޢުތަކުގެ ކޮމްޕްލީޝަން ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
- މަސައްކަތާއި ގުޅޭގޮތުން ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން،
- އަދި މިނޫންވެސް އޮފީހުންރާވައި ކަންކަމުގައި ބައިވެރިވެ އެހީވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ތިމާވެއްޓާއި ނުވަތަ ގުޅުންހުރި ދާއިރާތަކުގެ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް މެނޭޖްކުރުމުގެ މަސައްކަތު ތަޖުރިވާ ލިބފައިވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުމާއި މައިކްރޯ ސޮފްޓް އޮފީސް ޕެކެޖް އެނގޭ މިންވަރު
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 21 އޮގަސްޓް 2019 އާއި 03 ސެޕްޓެމްބަރ 2019 އާއި ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު 3018329، 3018326 އަށް ގުޅުއްވުން އެދެމެވެ.
|
28 ޒުލްޤައިދާ 1440
31 ޖުލައި 2019
|
|