ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

 

ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.

 

ކެލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކުރުމަށާއި، ކައުންސިލްގެ މުނިސިޕަލް އެހެނިހެން މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މަޤާމު

މަސައްކަތު

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ކޮންޓްރެކްޓް ( 05 މަސްދުވަސް )

މަޤާމުގެ ކުލެސިފިކޭޝަން

މަސައްކަތު

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

މަޤާމު އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުސާރަ

3500.00 ރުފިޔާ ( މަހަކު )

އެލަވަންސް

ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/65 ރުފިޔާ

އިތުރު އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ ޤަވާއިދުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް:

1-      ރަށުގެ ބަނދަރުގައި ފެންމަތީ ހުންނަ ޕްލާސްޓިކް ފުޅިތަކާއި ކުނިތައް ނަގައި ސާފުކުރުން.

2-      ރަށުގެ ޤަބުރަސްތާނާއި އިޖްތިމާޢީ ސަރަހައްދު ސާފުކުރުމުން ނެގޭ ކުންޏާއި އަދި ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތައް ދުވަހުން ދުވަހަށްނަގައި ކައުންސިލުން ކަނޑައަޅާ އުޞޫލުން ކުނިގޮނޑަށް ގެންދިއުމާއި އެތަކެތި ދޮވެ ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ޑަސްބިންތައް ބެހެއްޓުން.

3-      ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކުގެ ތެރެއިން މަސައްކަތު މީހުން ހަމަޖެހިފައިނުވާ ތަންތަނުގެ ގޯތިތަތަކުގެ ތެރޭގައި ހުންނަ ގަސްތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުމާއި އެފަދަ ތަންތަނުގައި ބަގީޗާ ހެއްދުމާއި އަދި އެފަދަ ގޯތިތަކާއި އިންވެގެން އޮންނަ މަގުތަކުން ސާފުކުރަންޖެހޭ ބައި ސާފުކޮށް ބެލެހެއްޓުން.

4-      ކައުންސިލްގެ ނަމުގައި ހެދިފައިވާ ޕާކުތައް ބެލެހެއްޓުމާއި އެފަދަ ތަންތަން ދިރުވާ އާލާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި މަސައްކަތު މީހުންނެތި ބަލަހައްޓަންޖެހޭ ސަރުކާރާއި ރައްޔިތުންގެ ގޯތިތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

5-      ރަށުގެ މަގުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން.

6-      އެކިއެކި ރަސްމިއްޔާތާއި މުނާސަބާތައް ބޭއްވުމާއި، އަދި ސަރުކާރުގެ ޓީމުތަކާއި ދިވެހި ދަޢުލަތުގެ މަތީދަރަޖައިގެ ވެރިންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކުން ވަޑައިގެންނެވުމަށް ހަމަޖެހުމުން އެފަދަ ކަންކަމާއި ގުޅޭގޮތުން ކައުންސިލްގެ އިދާރާއަށް އެހީތެރިވިދީ އެފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވުން.

7-      ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޙާއްސަގޮތެއްގައި ޙަވާލުކުރެވޭ އާންމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެމަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1-      އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

2-      ޝަރުތު ހަމަނުވާ ފަރާތްތަކުންވެސް މިކަމަށްއެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް ޝަރުތު ހަމަނުވާ މީހުން ހޮވާނީ ޝަރުތު ހަމަވާ މީހުން ނުލިބިއްޖެ ނަމަ މަސައްކަތު ތަޖުރިބާއާއި އިންޓަވިއުގެ މައްޗަށް ބަލައިގެންނެވެ.

3-      އުމުރުން 18 އަހަރު ނުވާ ކުއްޖަކު މިކަމަށް އެދި ހުށަހަޅާނަމަ ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ އޮންނަން ޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ޙާސިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން %26
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން %26
  • މަސައްކަތު ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކޮށްގެން %48

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭފޯމް (ފޯމް ކެލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      އެއްބަސްވުމެއް އޮވެގެން އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާކުރާނަމަ މިމަސައްކަތަށް ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ

6-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 (ހ) އެއްވެސް އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުބުރީ ކެލާ ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލު އިދާރާއަށެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށްއެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅަފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މަސައްކަތު މީހުންގެ ވަޒީފާއަށްއެދޭ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނީ 06 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމުލަ އިންސައްތަ %35 (ތިރީސް ފަސް އިން ސައްތަ) އަށް ވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ، މިއިދާރާގެ ފޯނު ނަންބަރ: 6500027 އާއި ގުޅުއްވުން އެދެމެވެ.

 

 

30 ޖުލައި 2019

30 ޖުލައި 2019
ހޯދާ