މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                        ނަންބަރ: (IUL)GS-23/PRIV/2019/26  

އިޢުލާން

 

2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

              2019 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެގެންކުރި މިމަރުކަޒުގެ ނަންބަރ (IUL)GS-23/PRIV/2019/18  (12 މެއި 2019) އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

              މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މަރުކަޒުގެ އޮފީހުގައެވެ.

              އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ އޮފީގައެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

              އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.

  1. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
  2. ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  3. ފާހާނާ ގެ ނިޒާމް ގާއިމް ކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  4. ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމް ހަމަޖެހިފައިވުން.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

               28 ޛުލްޤައިދާ 1440 

               31 ޖުލައި 2019

                                                       އާމިނަތު ޢަލީ

                                                       ޕްރިންސިޕަލް 

31 ޖުލައި 2019
ހޯދާ