ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2019/011
މަޤާމް: އެސިސްޓެންޓް އޮފިސަރ (ވަގުތީ)
ޑިޕާޓްމަންޓް: މެޑިކަލް ކްލެއިމްސް ޕްރޮސެސިންގ
މުއްދަތު: 2 މަސް ދުވަސް
މަސައްކަތް ކުރަންޖެހޭގަޑި
އާދިއްތަ އިން ބުރާސްފަތި: 16:30 އިން 21:30
ހޮނިހިރު: 10:00 އިން 15:00
ތަޢުލީމާ ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސީންނާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކްލެއިމްސް ޕްރޮސެސިންގ ސޮފްޓްވެއަރ މެދުވެރިކޮށް އިންވޮއިސްތައް އެޅުމަށްފަހު ޕްރޮސެސްކުރުން
- އިންވޮއިސްތަކުގައިވާ މައުލޫމާތަކީ ސައްޚަ މައުލޫމާތުކަން ބަލާ ފާސްކުރުން
- ޕޯޓަލް ބޭނުންކޮށްގެން އިންވޮއިސްތަކުގައިވާ މައުލޫމާތުތަކުގެ ސައްޚަކަން ބެލުން
- ރިޖެކްޓްވާ ކްލެއިމްސް ތަކަށް ނޯޓިސް ދިނުން
- ސުޕަވައިޒަރ ހަވާލުކުރާ އެހެނިހެންކަންތައް ކުރުން
މުސާރަ: ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް
ކުރިމަތިލުމުގެ ސުންގަޑި: 2019 އޮގަސްޓް 20 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
އިތުރު މަޢުލޫމާތު:
މިމަޤާމަށް މުވައްޒަފުން ހޮވާނީ ކުރިމަތިލާފައިވާ ތަރުތީބުން މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.