ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ށ.ފޯކައިދޫގައި އައު އިންޖީނުގެއެއް ޢިމާރާތް ކުރުމާ ގުޅޭ:

ނަންބަރު:FNK-I/IUL/2019/140

 

އިޢުލާން

 

ށ.ފޯކައިދޫގައި އައު އިންޖީނުގެއެއް ޢިމާރާތް ކުރުމާ ގުޅޭ:

 

    މި ކުންފުނީގެ ނަމްބަރު:FNK-I/IUL/2019/086 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސި ހިސާބުތައް ވަނީ އައު އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވާ ބިން ބަދަލުވުމުގެ ސަބަބުން ބާތިލްކުރެވިފައެވެ. އެހެންކަމުން، މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްގޮތަށް ށ.ފޯކައިދޫގައި އައު އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ނުވަތަށ.ފޯކައިދޫ ބްރާންޗުގައެވެ.

    މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

 

               26 ޛުލްޤައިދާ 1440

               29 ޖުލައި   2019 

   

29 ޖުލައި 2019
ހޯދާ