ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މި ސްކޫލުގެ 2019 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖުލައި 30 އިން 2019 އޮގަސްޓް 04 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮގަސްޓް 04 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮގަސްޓް 05 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި އިނާމު ދިނުމުގެ ޖަލްސާއަށް ސްކޫލުން ބޭނުންވާ ތަކެތީގެ ނަމޫނާ ދައްކާލެވޭނެއެވެ.
5. ބީލަން ހުޅުވުން އޮންނާނީ 2019 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ބީލަން ހުށަހަޅުއްވާނީ މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބީލަން ފޮތް ފުރިހަމަ ކުރެއްވުމަށްފަހު ބީލަން ފޮތާއި އެކުގައެވެ.
8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޖަމާލުއްދީން ސްކޫލް
މާލެ،
ފޯން: 3324413
އީ-މެއިލް: [email protected]