ދިވެހިރާއްޖެ
މަޤާމު |
އެސިސްޓެންޓް ސަރވެޔަރ |
މަޤާމު: |
ޕްލޭނިންގ އޮފިސަރ |
މަޤާމް ނަންބަރު: |
J-300987 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި : |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހިތަދޫ އަވަށު އޮފީސް / އައްޑޫސިޓީ |
މުސާރަ |
5610/- ރުފިޔާ |
ސަރވިސް އެލަވަންސް |
2000/- ރުފިޔާ |
އެހެނިހެން އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތު |
1. ހިތަދޫގެ ދަފްތަރާއި އެއްގޮތަށް ހިތަދޫގެޗާޓް އަޕްޑޭޓް ކުރުމާއި އަލަށްހެދޭ ގޯތީގެރެޖިސްޓްރީތަކުގެ މިންތަކާއި މަޢްލޫމާތު ހިތަދޫގެ ޗާޓަށް އެންޓަރކޮށް އަޕްޑޭޓް ކުރުން 2. އަލަށް ހެދޭގޯތީގެރެޖިސްޓްރީ އާއި ޢިމާރާތާއިގޯތީގެ ރެޖިސްޓްރީ އާއި އެއްގޮތަށް ހިތަދޫގެ ޗާޓްއަޕްޑޭޓް ކޮށްބެލެހެއްޓުން 3. ކޯޓުންވާރިސުންގެމެދުގައި ބިންބެހުމަށްޓަކާ ފޮނުވާޗާޓްތައް ރެޖިސްޓްރީ މިންތަކާއި އެއްގޮތަށް ބެހޭތޯބެލުމާއި ކޯޓަށްފޮނުވުމަށް ބޭނުންވާޗާޓް ކުރެހުން 4. ރަށާއިގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯޓްތަކަށް ބޭނުންވާބިމާއިބެހޭ މަޢްލޫމާތުހޯދުމާއި، ރަށުގައިހުރި ތިމާވެށީގެ މައްސަލަތައް ދެނެގަތުމާއިއެކު ރަށާއިގުޅޭ މަޢްލޫމާތުއެއްކޮށް ބެލެހެއްޓުން. 5. ގޯތިތަކުގެ އިންފާރު ރޭނުމާއި ގޯތިރެޖިސްޓްރީ ކުރުމަށް ކަންމުޑި ރާނާފައިވަނީ ރަގަޅަށްތޯ ޗެކްކުރުން 6. ޢިމާރާތާއި ގޯތީގެރެޖިސްޓްރީ ހެދުމުގައި ޤަވާޢިދާއި އެއްގޮތަށް ޢިމާރަތްކޮށްފައި ހުރިތޯބަލާ ޗެކްކުރުން 7.ހިތަދޫގައި ހިންގާ ބޯހިޔަވަހި ކަމާއި ނަރުދަމައާއި ފެނާއި ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން ހިތަދޫއަވަށު އޮފީހުން މޮނިޓަރ ކުރަންޖެހޭ ކަންކަން ސެކްޝަންގެ ވެރިޔާގެ ލަފަޔާއިއެކު ކުރުން. 8.ހިތަދޫ އަވަށުގައި ހިންގޭ ޢިމާރާތް ކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމާއި ޢިމާރާތް ކުރުމުގެހުއްދަ ދޫކުރުން 9.އިންވަކި ކުރުމާއި ސާރވޭކުރުމަށް ހުށަހެޅޭ މައްސަލަތައް ތާވަލްކޮށް ސާރވޭޓީމާއި ޙަވާލުކުރުމާއި ، އިންވަކި ކުރުމާއި ގުޅޭ އެންމެހައި ކަންކަން ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ކުރުން. 10.ސާރވޭޓިމުގެ މަސައްކަތާއި ގުޅޭގޮތުން ކޮންމެ މަހަކު ރިޕޯރޓް ތައްޔާރުކޮށް ހުށަހެލުން |
މަޤާމުގެ ޝަރުތުތައް |
ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖުމަންޓްގެ ދާއިރާއަކުން:
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 އޮގަސްޓް 21 އާއި 2019 އޮގަސްޓް 27 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6888820 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
26 ޛުލްޤަޢިދާ 1440 |