ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް އެހެންތަނަކަށް ބަދަލުކުރުމާއި ޕަބްލިކް ހެލްތު ޔުނިޓްގެ ބައެއް މަރާމާތުތައް ކުރުން

އިޢުލާން

މިހޮސްޕިޓަލުގެ އިމަރޖެންސީ ރޫމްގެ ޚިދުމަތް، ހޮސްޕިޓަލު ޢިމާރާތުގެ އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތާއި އަދި ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 10:30 އަށް ށ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 10:30އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

                                 26 ޛުލްޤައިދާ 1440

29 ޖުލައި 2019
ހޯދާ