ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

މަޤާމު

ސްޕޯޓްސް ސުޕަވައިޒަރ

މަޤާމުގެ ނަންބަރ


J-230392

ބޭނުންވާ އަދަދު

01 

މަޤާމުގެ ގިންތި

ދާއިމީ  

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ތާޖުއްދީން  ސްކޫލް  / ކ. މާލެ

މުސާރަ

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް

-/ 1,500.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3.  ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޟޫލުން އިތުރުގަޑީގެ ފައިސާ.
  4.  ސަޕޯރޓިންގ ކޯ އެލަވަންސް (މަހަކު -/700ރުފިޔާ)

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް  

1-       ސްކޫލްގެ ފަރާތުން ދަރިވަރުން ބައިވެރިކުރާ އިންޓަރ ސްކޫލް ކުޅިވަރުތަކާގުޅޭ ހުރިހާ ޙަރަކާތެއް ޕްރިންސިޕަލް  ނުވަތަ ޑެޕިއުޓީ ޕްރިންސިޕަލްގެ  އިރުޝާދުގެ ދަށުން ރާވާހިންގުން.

2-       ހަށިގަނޑުގެ ތަރުބިއްޔަތު ގަޑިއަށް އެކި ގްރޭޑްތަކަށް ބޭނުންވާތަކެތިހޯދާ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް            އެތަކެތި ހަމަކުރުން.

3-       ހަށިގަނޑުގެ ތަރުބިއްޔަތު ގަޑީގައި ޓީޗަރުން އެގަޑިނަންގަވާގޮތް އޮބްޒަރވްކުރައްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

4-       ހެލްތް އެންޑް ޕީ.އީ ގަޑި ނަންގަވައިދެއްވާ ޓީޗަރަކަށް ހާޒިރުނުވެވޭ ހާލަތްތަކުގައި އެޓީޗަރުންގެ އެ ގަޑިތައް ނެންގެވުން.

5-       އިންޓަރކްލާހަށް އަމާޒުކޮށްގެން ރާވާ ޙަރަކާތްތަކުގެ ފަރިތަކުރުމުގެ ތާވަލްތައްޔާރުކުރުމާއި، މުބާރާތް ރާވާ ހިންގުން.

6-       އިންޓަރކްލާސް މުބާރާތްތަކުގެ ފަރިތަކުރުންތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުން.

7-       ދަރިވަރުންގެ ކިބައިގައިވާ ތަފާތު ހުނަރުތައް (ކުޅިވަރާގުޅޭ) ދެނެގަނެ އެހުނަރުތައް ތަރައްގީކުރުމަށް ތަފާތު ޕްރޮގްރާމް ހިންގުން.

8-       ކުޅިވަރު ޙަރަކާތްތަކުގައި ދަރިވަރުން އުޅޭއިރު ސްލޫކީ މިންގަނޑު ހިފަހައްޓާތޯ ކަށަވަރުކުރުން.

9-       ސްކޫލުން ބޭރުގައި ހިންގާ ކުޅިވަރު ހަރަކާތްތައް ވިލަރެސް ކުރުން.

10-   ދަރިވަރުން ކުޅިވަރު ހަރަކާތުގައި ބައިވެރިވަނީ މިނިސްޓްރީގެ އުސޫލްތަކާ އެއްގޮތައްތޯ ކަށަވަރުކުރުން.

11-   ސްޓާފް ކޮންޓެކްޓް( ސްޓާފް މީޓިންގ) ގައި ބައިވެރިވުން.

 

މަޤާމުގެޝަރުތުތައް:


3- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

 

 

 

 

 

މަޤާމުގެ ދާއިރާތައް  

  • ސްޕޯޓްސް

 

 

 

 

ހުށަހަޅަންޖެހޭތަކެތި: 

1-            ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިސްކޫލްގެ ރިސިޕްސަނުން ލިބެންހުންނާނެއެވެ.

2-             ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 -      ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

        ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-       ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

     އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވަނަމަ، އެސެޓްފިކެޓް ގެ ކޮޕީ

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް

 

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. (އިންޓަރވިއު ކޮށްގެން)

- އިންޓަރވިއު ގެ އިތުރުން ޕްރެކްޓިކަލް އިމްތިހާނަށް ބަލައިގެން

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 އޮގަސްޓް 2019ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތާޖުއްދީން  ސްކޫލްގެ ރިސިޕްސަނަށެވެ. ވަޒީފާ އަށް އެދޭފޯމާއި ލިއުންތައް އީ މެއިލް info@thaajuddeenschool.edu.mv   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާ އަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު/އިމްތިހާނު އޮންނާނީ 6 އޮގަސްޓް 2019 އާއި 22 އޮގަސްޓް 2019 އާއި ދެމެދު ގެ ތާރީޚެއްގައި ތާޖުއްދީން  ސްކޫލްގައެވެ.

ޝޯޓްލިސްޓް ކުރުން:

    މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3317318 ނަމްބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ، info@thaajuddeenschool.edu.mv  އެވެ 

25 ޖުލައި 2019
ހޯދާ