މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓްގެ ކޯޓު ރޫމްގައި ސްޓޭޖް ހެދުން

`

މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް       

              ތުލުސްދޫ،

             ދިވެހިރާއްޖެ

                                                   ނަމްބަރު: H4C-A/2019/19

އިޢުލާން

އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު

 

މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓްގެ ކޯޓު ރޫމްގައި ސްޓޭޖް ހެދުން

 

ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓްގެ ކޯޓު ރޫމުގައި ސްޓޭޖް ހަދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މަޢުލޫމާތު ސާފުކުރުމަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ.

އަދި ތިރީގައިވާ ގޮތުގެ މަތިން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކޯޓުން ދޫކުރާ މަޢުލޫމާތު ޝީޓްގެ މައްޗަށް ބިނާކޮށް އަގު ހުށައެޅުއްވުމަށް ދޫކުރާ ފޯމްގައެވެ.

އަންދާސީ ހިސާބް ހުށަހަޅާ ތާރީޙް: 21 އޯގަސްޓް 2019 (ބުދަ)

އަންދާސީ ހިސާބް ހުށަހަޅާ ގަޑި: 13:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓް ނުވަތަ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރ  6640266/6640338/6640343 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

22 ޛުލްޤައިދާ 1440

25  ޖުލައި   2019

25 ޖުލައި 2019
ހޯދާ