ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

ނަންބަރު: FNK/A/IUL/2019/514   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހެޑް އޮފީހަށް މުވައްޒަފަކު ނެގުމަށްޓަކައި ކުރިން ކުރެވުނު ކުންފުނީގެ ނަންބަރު     FNK/A/IUL/2019/447 

(23 ޖޫން 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން މި މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާޓްމަންޓް / މޮނިޓަރިންގ ޔުނިޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭތަން:

6120ރ.

މަޤާމުގެ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މެނޭޖްމަންޓް ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 2 (ދޭއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު އެމް.އެސް 1 (އެކެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، އެމް.އެސް 2 (ދޭއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން

(ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް ކުރުމަށް އެންމެ ރަނގަޅުގޮތައް ރާވާ ޑިޕާޓްމަންޓްގެ އެންމެ އިސްފަރާތާއި އިމީޑިއޭޓް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔުން.

(ށ) މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތް މަޝްރޫޢުތައް ހިންގުން ޙަވާލުކުރެވިފައިވާ ފަރާތްތަކާއި ގުޅިގެން މޮނީޓަރކުރުމަށް ބޭނުންވާ މަޢުލޫމާތު ޤަވާޢީދުން ހޯދާ، އެ މައުލޫމާތު ޑިޕާޓްމަންޓު ހިންގުމާއި ޙަވާލުވެ ހުންނަވާ ފަރާތާ ހިއްސާކުރުން.

(ނ) ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައުލޫމާތާއި ބެލެހެއްޓުމާ އަދި ޕްރޮޖެކްޓްތަކުގެ އަޕްޑޭޓްތައް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ގުޅުންހުރި އެހެން ފަރާތްތަކާއި ހިއްސާކުރުން.

(ރ) މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާޓްމަންޓުގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިނގަމުންދާ މަޝްރޫޢޫތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

(ބ) ރަނގަޅު މަސައްކަތުގެ މާހައުލެއް ބިނާ ކުރުމުގައި އެހީތެރިވެދިނުން. މިގޮތުން، ސެކްޝަންގެ މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، މުވައްޒަފުން މެދުގައި ރަނގަޅު ޓީމްވޯކް އަކާއި މަސައްކަތްކުރުމުގެ ރޫހު އާލާކުރުން.

(ޅ) ޔުނިޓްގައި މަސައްކަތްކުރާ ޖޫނިއަރ ޓެކްނިކަލް މުވައްޒަފުންނަށް މަސައްކަތް ޑެލިގޭޓްކޮށް، އެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

(ކ) ޑިޕާރޓްމަންޓުގެ އެންމެ އިސްފަރާތަށް ފަންނީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

މަސްޢޫލިއްޔަތުތައް:

 

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 09:00 - 13:30 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.  އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

22 ޛުލްޤައިދާ 1440

25 ޖުލައި 2019

25 ޖުލައި 2019
ހޯދާ