ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ގާޑް (ކުޅުދުއްފުށި އެއަރޕޯޓް)

އިޢުލާން

މަޤާމް: 

ގާޑް

ބޭނުންވާ ޢަދަދު:  

04

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:  

އެސް.އެސް.1

މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށި އެއަރޕޯޓް އޮފީސް / ހދ.ކުޅުދުއްފުށި

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު -/1,200 ރުފިޔާ

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އެއަރޕޯޓް ޑިއުޓީ ހަމަޖެހިފައިވާ ޤަވައިދުން ޗެކްޕޯސްޓްތަކާއި، އެއަރޕޯޓް ސަރަޙައްދުތަކުގައި ޑިއުޓީކުރުން.
  2. އެއަރޕޯޓުން ގެންދެވޭތަކެތި، އަދި ގެންނަތަކެތި އެއީ ކޮން އެއްޗެއްތޯބަލައި ޗެކްކުރުމަށްފަހު މައްސަލައުޅޭ އެއްޗެއް ކަމަށް ވާނަމަ އެކަން ސެކިއުރިޓީ ޔުނިޓުގެ އިސްމުވައްޒަފަކަށް އެންގެވުން.
  3. ޑިއުޓީ ފެއްޓުމުގެ 10 މިނެޓްކުރިން ޑިއުޓީ ޕޮއިންޓަށް ޤަވައިދުން ބަރާބަރަށް ހާޟިރު ވުމާއި އަދި އެއަރޕޯޓްގައި ނަގާ ޤައުމީ ދިދަތައް ހަމަޖެހިފައިވާ ގަޑިތަކުގައި ނަގާ ތިރިކުރުން.
  4. ޑިއުޓީ ހަވާލުވާއިރު ޗެކްޕޯސްޓްގައި ހުންނަ އިކުއިޕްމަންޓް ތަކުގައިއެއްވެސް މައްސަލައެއް އުޅޭތޯބަލައި، ޗެކްކުރުމަށްފަހު ޑިއުޓީ އާއި ހަވާލުވުން.
  5. އިމާރާތްތަކާއި، ވެހިކަލްތަކުގެ ތަޅުދަނޑިތައް ލޮގުކޮށް ދޫކުރުމާއި، ގެނައުމުން ހަވާލުވެ ތަޅުދަނޑިތައް ކީބޯޑުގައި ބެހެއްޓުމާއި އެއަރޕޯޓް އިމާރާތްތަކުގެ ބޭރުގައި ހުންނަ ބޮކިތައް ދިއްލައި ނިއްވުމުގެ މަސައްކަތްކުރުން.
  6. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެނގުން.

ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންނިކަމުގެ ލީވިންގް ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

މަޤާމްގެ ދާއިރާ

 

  • ސެކިއުރިޓީ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް  %26
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %26
  3. އިންޓަރވިއު އަދި ޕްރެކްޓިކަލްސް %48
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %35 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ  14:00ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސްއަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 6 އޮގަސްޓް 2019 އާއި 7 ސެޕްޓެމްބަރ 2019 އާ  ދެމެދު، ހދ.ކުޅުދުއްފުށީ ގައެވެ.

 

 

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  3323776 / 7993776 އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.

 

24 ޖުލައި 2019
ހޯދާ