ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
02 ޓްރާންސްފޯމަރ ގަތުމާއި ގުޅޭ

 

ނަންބަރ:FNK-I/IUL/2019/138

 

އިޢުލާން

02 ޓްރާންސްފޯމަރ ގަތުމާއި ގުޅޭ

މި ކުންފުނީގެ ބްރާންޗަށް ބޭނުންވާ 02 ޓްރާންސްފޯމަރ ގަތުމަށް ކުރެވުނު ނަމްބަރު: FNK-I/IUL/2019/067 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސި ހިސާބުތަކުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަނަރަ ހާސް (15,000 USD) އެމެރިކާ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ އެމް.އެމް. އޭ ގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

-          ޗެކްގަ ބޭންކް ގެރެންޓެޑް ސްޓޭމްޕް ޖަހާފައިވުން.

-          އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ބިޑް ސެކިއުރިޓީ ހުށަހެޅުން.

-          ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.

-          މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.   

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              21 ޛުލްޤަޢިދާ 1440

              24   ޖުލައި  2019

 

 

 

24 ޖުލައި 2019
ހޯދާ