ދިވެހިރާއްޖެ
މާލޭގައި ޤާއިމްކުރެވިފައިވާ ސުޕީރިއަރ ކޯޓުތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: 198F/2019/56 އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ގެނެވުނު ބަދަލާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓް 05 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޛުލްޤަޢިދާ 1440