ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް އެޓެންޑެންސްމެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް އެޓެންޑެންސްމެޝިން ހޯދުމަށް ކުރެވުނު ނަންބަރު 198F/2019/77 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ހާޟިރުވެފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް މިތަކެތި ގަންނަން އަލުން އިޢުލާނުކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 29 ވާ ހޯމަ ދުވަހުގެ 09:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޤަޢިދާ 1440

24 ޖުލައި 2019
ހޯދާ