ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއީގެ ދަށުން ކައުންސިލްގެ މަސައްކަތު މަޤާމަށް މުވައްޒަފަކު ނެގުމާބެހޭ

އިޢުލާން

 

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު ( ވޭޖް އެމްޕްލޯއީ )

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ ( 02 މަސް ދުވަހަށް )

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގ1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މަޤާމް އޮތް އޮފީސް:

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ، ދ.ހުޅުދެލި

މުސާރަ:

3100.00 ރުފިޔާ

ސަރވިސްއެލަވަންސް:

1000.00 ރުފިޔާ

މަޤާމުގެ ޝަރުތުތައް:

1.      ލިޔަންކިޔަން އެނގުން.

ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަތުމަށްޓަކައި، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމެއް ހުށަހަޅަންވާނެއެވެ.

މަޤާމްގެ މަސްއުލިއްޔަތުތަކާއި ވާޖިބުތައް:

1.     ކައުންސިލް އިދާރާއާއި ގޯތިތެރެ  ސާފުކޮށް ބެލެހެއްޓުން.

  1. އެކިފަރާތްތަކާއި ތަކެތި ޙަވާލުކުރުމާއި، އޮފީހަށް ޙާޟިރުކުރަންޖެހޭ މީހުން ޙާޟިރުކުރުން.
  2. ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

-          ފުރިހަމަ ޞިއްޚަތެއްގައިހުރި މީހަކަށް ވުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ހުޅުދެލީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. )

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected] ) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 05 އޯގަސްޓް 2019 އާއި 07 އޯގަސްޓް 2019 އާ ދެމެދު،  ހުޅުދެލީ ކައުންސިލް އިދާރާގައެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރުމަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760049 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 

 

 

        

        

 

 

24 ޖުލައި 2019
ހޯދާ