ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:   MNU-HR/2019/145 

ތާރީޙް: 24 ޖުލައި 2019

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ކ.މާލެ)

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީހަށް އަންނަ ސިޓީތަކާއި ދަރިވަރުން ގެންނަ އެސައިންމެންޓްތަށް ބަލައިގަނެ ލެކްޗަރަރއިން ކިޔަވައިދިނުމަށްބޭނުންވާ އިދާރީ އެހީތެރިކަން ދިނުން
  2. ކުލާސް ރޫމްތަކާއި ލެބްތައް ޗެކްކޮށް، އެތަންތަނަށް ކަޑައެޅިފައިވާ އަދަދަށް ގޮނޑިޔާ މޭޒާ، ގަޑިޔާއި ޑަސްބިންފަދަ ތަކެތި ހުރޭތޯ ބަލާ އެތަންތަނުގައި މަދުވެފައިވާ ނުވަތަ ބާވެ ހަލާކުވެފައިވުމުގެ ސަބަބުން ބަދަލުކުރަންޖެހިފައިވާ އައިޓަމްތައް ދެނެގަނެ އެއައިޓަމްތައް ހަމަކުރުން
  3. ފެކަލްޓީއަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ހަރުމުދާލާއި، ފަރުނީޗަރާއި އަދި އިކްއިޕްމަންޓްސްތައް ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެހެން ޕްރޮކިއުމަންޓް ސެކްޝަނާއި ގުޅިގެން ހޯދުން
  4. ފެކަލްޓީ އަށް ލިބޭ ޑެއިލީ ކޮންސިއުމަބަލްސްތައް ފެކަލްޓީގެ ސްޓޮކް ފޮތަށް އެރުވުމާއި ޔުނިވަސިޓީން ތައްޔާރުކޮށް ފައިވާ "ސްޓޮކް ސިސްޓަމް" އަށް އެންޓަރ ކުރުމާއި އަދި މުވައްޒަފުންގެ ރިކްއެސްޓްތަކާ އެއްގޮތައް އައިޓަމްތައް ދޫކުރުމާއި ސްޓޮކް ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން
  5. ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ އަށް އަންނަ ބަދަލުތަކުގެ ރެކޯޑު ޤަވާޢިދުން ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި އިންވެންޓްރީ ބެލެހެއްޓުން
  6. ތަނުގެ ފެނާއި ކަރަންޓަށް ދިމާވާ މައްސަލަތައް ބަލައި، ޢިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަތުމާއި މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ހައްލުކުރުމަށް ފޮނުވަންޖެހޭ ޓިކެޓްތަށް ފޮނުވުމާއި، ހުޅުވަންޖެހޭ ތަންތަން ހުޅުވުމާއި މަސައްކަތް ކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން
  7. އިމާރާތުގެ ތަކެއްޗާއި/މަރާމާތާއި ގުޅުންހުރި ބިޑްތަކުގެ މަސައްކަތްތައް ބެލެހެއްޓުމާއި، ކޮންޓުރެކްޓް އުޞޫލުން ޙަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި، މަސައްކަތްތައް ކުރިޔައްދާގޮތް ބެލެހެއްޓުމާއި، މަސައްކަތް ނިމުމުން ފައިސާ ދެއްކުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ޔުނިވަރސިޓީގެ ފައިނޭންސް ސެކްޝަނަސް ފޮނުވުން
  8. ބާވެ ހަލާކުވި ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި، ތަނަން ގިނަވިޔަނުދީ މަރުކަޒީ އިދާރާއާއި ގުޅިގެން ޤަވާއިދުން އެތަކެތި ނީލަމަށް ފޮނުވުން
  9. ފެކަލްޓީގެ މާރކެޓިންގ އާއި ގުޅުންހުރި މަސައްކަތްތަށް ކުރުމާއި އަދި ވެބް ސައި ބެލެހެއްޓުން
  10. އޮފީހުން ހަމަޖައްސާ ގޮތެއްގެ މަތީން އިތުރުގަޑީގެ ޑިއުޓީތަކަށް ނިކުތުމާއި، ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތީން އޮފީސް ހުޅުވާ ލެއްޕުން
  11. މަތީގައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2019 ޖުލައި 31 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-1.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެމް.ކިއު.އޭ އިން އެކްރިޑިޓް ކޮށްފައިވާ ސެޓްފިކެޓް ކޮޕީ)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345405 ނަމްބަރު ފޯނަށެވެ.
24 ޖުލައި 2019
ހޯދާ