މަޤާމު
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
މަޤާމުގެ ނަންބަރު
|
J-280920
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އީ. އެކްސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ޑިވިޝަން / ސެކްޝަން
|
ރީޖަނަލް އެންޑް އެޓޯލް ހެލްތް ސަރވިސަސް ޑިވިޜަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މިނިސްޓްރީ އޮފް ހެލްތު
|
މުސާރަ
|
-/11,065 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީތަކާ ސިޔާސަތު އެއްގޮތަށް އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް ފަންނީ ގޮތުން ޚިދުމަތް ވިލަރެސްކޮށް ފޯރުކޯށްދިނުން.
- މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތަށް މެދުނުކެނޑި ފޯރުކޮށްދިނުމާއި، އަދި ޚިދުމަތް ރަނގަޅު ކުރުމަށް ދޭންޖެހޭ ފަންނީ މަސްވަރާ އާއި އިރުޝާދު މަރުކަޒުތަށް ހިންގުމާ ހަވާލުވެގެން ތިއްބަވާ ބޭފުޅުންނަށް ދިނުމާއި،ދަތިވާ ކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުން.
- މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ދެވޭ ޚިދުމަތްތަކާއި ގުޅިގެން ލިބޭ ޝަކުވާތަކާއި މައްސަލަތައް އަދި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީއަށް މަޢުލޫމާތު ޙިއްޞާ ކުރުމާއި އެފަރާތުގެ ލަފާގެ މަތިން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިއުމާއި އަޕްޑޭޓްތައް ޙިއްޞާ ކުރަމުން ގެންދިއުން.
- މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް މެދުނުކެޑި ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތަށް ފޮނުވުމާއި، ފޮނުވޭ ތަކެތީގެ ތެރެއިން މަދުން ބޭނުންކުރެވޭ އަދި އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ ތަކެތި ދެނެގަނެ މުޅި ރާއްޖޭގެ ސްޓޮކް އިސްރާފު ކުޑަކޮށް މެނޭޖްކުރުމާ، ޒަމާނާއެއްގޮތަށް ޚިދުމަތް ބައްޓަންކޮށް ވިއުގަ އަދާހަމަކޮށް ބެލެހެއްޓުން.
- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި، ގަވާއިދުން ހިންގަން ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ގަވާއިދުން ހިންގާ، ރިޕޯރޓް ކުރަމުންދޭތޯ ބަލާ މޮނިޓަރކުރުން.
- ހޮސްޕިޓަލްތަކުން ހިންގާ އައުޓްރީޗް ޕްރޮގްރާމްތަށް ކުރިއަށް ޕްލޭން އެކުލަވާލާ ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި ދަތުރުތަކުގައި ބައިވެރިވެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތުބަލާ ކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
- މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި ދަތުރުތަކުގައި ބައިވެރިވެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތުބަލާ ކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
- ޞިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބަލާ، ރެކޯރޑްތައް ބެލެހެއްޓުން.
- ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި، މެޝިނަރީޒް އަދި ކޮންސިއުމަބަލްސް ގިންތިކުރެވިފައިވާ މިންގަނޑަށް ފޯރުކޮށްދެވޭތޯ ބެލުން.
- އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް އައްޔަންކުރައްވާ ސިވިލް ސަރވިސްގެ ޒިންމާދާރު ވެރިންނާއި އަދި ހޮސްޕިޓަލްތަކަށް ހަމަޖައްސާ ހޮސްޕިޓަލް އިންޗާރޖުންގެ ވަޒީފާ ބަޔާންތައް ވެރިންގެ ލަފަޔާއި އެކު ތައްޔާރުކުރުން.
- އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް އައްޔަންކުރައްވާ ސިވިލް ސަރވިސްގެ ޒިންމާދާރު ވެރިންނާއި އަދި ހޮސްޕިޓަލްތަކަށް ހަމަޖައްސާ ހޮސްޕިޓަލް އިންޗާރޖުންގެ ޕީ.އޭ ފޯމްތައް ވެރިންގެ ލަފަޔާއި އެކު ތައްޔާރުކޮށް ބެލެހެއްޓުން.
- ރީޖަނަލް އެންޑް އެޓޯލް ހެލްތް ސަރވިސަސް ޑިވިޜަނުގެ ފަރާތުން މުވައްޒަފުންކުރާ ރަސްމީ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުމާއި އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަށް ދެނެގަނެ މުވައްޒަފުންގެ ފަންނު އިތުރުކުރުމަށް ޓްރޭނިންގ ސެކްޝަނާއި ގުޅިގެން ކުރިއަށް ގެންދިޔުން.
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ޤާއިމްކުރުމަށްޓަކައި ވެރިންގެ ލަފައާއިއެއްގޮތަށް ޕްރޮގްރާމްތައް ހިންގުން.
|
މަޤާމުގެ ޝަރުތުތައް
|
މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ތަޢުލީމީ ރޮނގުތައް
|
ހެލްތު މެނޭޖުމަންޓް، ހެލްތު ސައިންސް
|
ވަޒީފާގެ މަސައްކަތު ދާއިރާތައް
|
ހެލްތު މެނޭޖުމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 އޮގަސްޓް 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014347 ނަންބަރު ފޯނަށެވެ.
|