އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާއަށް 01 ސީސީ ޓީވީ ކެމެރާ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ ބިޑް ސެޝަން އޮންނަ ތާރީޚް ބަދަލުވުން

އިޢުލާން

މި އިދާރާއަށް 01 ސީސީ ޓީވީ ކެމެރާ ސިސްޓަމް  ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާނުގެ ބިޑް ސެޝަން ބާއްވާ ތާރީޙް އަނެއްކާވެސް ބަދަލުވެފައިވާތީ، އަންގާ އިއުލާންކުރަމެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

އަދި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 30 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

20 ޒުލްގައިދާ 1440

23 ޖުލައި 2019
ހޯދާ