މަޤާމު
|
ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ނަންބަރު
|
J-309302, J-271447, J-309299, J-309300, J-309301, J-271449,
|
ބޭނުންވާ އަދަދު
|
06 (ހައެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް.އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ޑިވިޝަން / ސެކްޝަން
|
އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ޔުނިޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، ހުޅުމާލެ ޕޯޓް، ހުޅުލެ ޕޯޓް، ތިލަފުށި ޕޯޓް، މާލެ ޕޯޓް، އަދި އަތޮޅު ތެރޭގައި ގާއިމު ކުރެވިފައިވާ ޕޯޓްތައް
|
މުސާރަ
|
-/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2500 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
- ސްޕެޝަލް ޑިއުޓީ އެލަވެންސް ގެ ގޮތުގައި މުސާރައިގެ %35
- ރިސްކް އެލަވެންސް ގެ ގޮތުގައި މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކު -/100
- ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު 7/2012 ގައި ބުނާ މަސައްކަތްތަކުގެ ތެރެއިން ބައިނަލް އަޤުވާމީ ކަނޑާވައިގެ ބަނދަރުތަކުގައި ކުރަންޖެހޭ މަސައްކަތް ފުރިހަމަ ކުރުން (މާލެ/ ހުޅުލެ / ތިލަފުށި).
- ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދާއި އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)ގައި ބުނާ މަސައްކަތްތަކާގުޅޭގޮތުން ބައިނަލް އަޤްވާމީ ކަނޑާވައިގެ ބަނދަރުތަކުގައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ގަވައިދު ތަންފީޒުކުރުން.
- ދިވެހިރާއްޖެ އަންނަ ފަސިންޖަރުންނާއި ކުރޫންގެ ތެރެއިން ޔެލޯފީވާރ އުޅޭ ގައުމުތަކުން އަންނަ ފަރާތްތަކުގެ އަތުގައި ސައްހަ އިންޓަރނޭޝަނަލް ސެޓްފިކެޓް އޮފް ވެކްސިނޭޝަން އޮތްތޯ ބަލާ ކަށަވަރުކޮށް، ނެތްނަމަ އެފަރާތްތަކާ މެދު އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުން އަމަލުކުރުން.
- ބައިނަލް އަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ ކަނޑާއި ވައިގެ އުޅަނދުފަހަރާއި، އެއިން ދަތުރުކުރާ މީހުންނާއި، އުފުލާ މުދަލާއި، ބަނދަރުތަކުގެ ސާފުތާހިރުކަމާއި، ބަލި ފެތުރުން ހުށްޓުވުމަށާއި އާންމު ޞިއްޙަތައް ގެއްލުން ވެދާނެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ގަވައިދުން ފުރިހަމަކުރުން.
- ރާއްޖެއިން ބޭރުން އަތުވެދާނެ ޞިއްޙީ ނުރައްކަލަކުން ރައްކައުތެރިވުމަށް، އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ އޮފިސަރުން އަމަލުކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތައް ފުރިހަމަކޮށް ކުރުމުގައި އަމިއްލައަށް އިސްނަގައިގެން ފުރިހަމަކުރުމާއެކު އެމައްސަކަތްތައް މުވައްޒަފުން މެދުވެރިކޮށް ފުރިހަމަކުރުން.
- ކަނޑުމަގުން ރާއްޖެ އެތެރެވުމަށް އަންނަ އުޅަނދުފަހަރުން ހުށަހަޅާ ލިޔެކިޔުންތަކަށް ބެލުމަށްފަހު މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އުޅަނދަށް އަރައިގެން ބާލާ ފާސްކުރަންޖެހޭ އުޅަނދުފަހަރު ޗެކުކުރުމަށްޓަކައި އުޅަނދު އޮންނަ ތަނަކަށް ގޮސް އުޅަނދަށް އެރުން، އަދި އެހެން ބަނދަރަކަށް ދާންޖެހޭނަމަ އެތަނަކަށް ދަތުރުކޮށް ހެލްތު ކްލިއަރަންސް ދިނުމާމެދު ވަކިގޮތެއް ނިންމުން.
- ޔުނިޓް ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުމާއި، ދުވަހު މަސައްކަތް ޔައުމިއްޔާ ކުރުމާއި، ސަވައިލަންސް އަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއެކު ދުވަހު ރިޕޯރޓްތައްޔާރުކޮށް، ހަފްތާރިޕޯރޓާއި މަހު ރިޕޯރޓް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވުން.
- މަސައްކަތްކުރުމަށް ކަނޑައަޅާ ޔުނިޓްގެ އިސް ސުޕަވައިޒަރު ނުވަތަ ދެވަނައަށް އިސް މުވައްޒަފުގެގޮތުގައި އެޗް.ޕީ.އޭއިން ކަނޑައަޅައިފިނަމަ ޔުނިޓްގެ ފަންނީ މަސައްކަތްތައްކުރުމާއި، އެތެރޭގައި އަމަލުކުރާ އުސޫލުކަނޑައަޅައި މުވައްޒަފުންނާގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒުކޮށް، މުވައްޒަފުންނާ ގުޅޭ ކަންކަމުގެ ރިކޯޑްތަކާއި، މަސައްކަތުގެ ރިކޯޑް ދުވަހުން ދުވަހަށް ބަލަހަށްޓައި، ސެކްޝަން ހެޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްތައް ފުރިހަމަކުރުން.
- މަސައްކަތާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކާއި ފަރިތަކުރުންތަކަށް ހާޒިރުވެ ޔުނިޓް ތަމްސީލުކުރުން.
- މާލެ ސަރަހައްދުގެ ޔުނިޓްތަކުގެ މެދުގައި 06 މަހުން 06 މަހުން ޔުނިޓް ބަދަލުވާގޮތަށް ޔުނިޓްތަކުގެ މެދުގައި ދައުރުކުރުމާއެކު ޔުނިޓްތަކުގައި ދަންފަޅި އުސޫލުން ޔުނިފޯރމުގައި މަސައްކަތްކުރުން.
- ސެކްޝަނުގެ ފަރާތުން ހަވާލުކުރާ އެހެނިހެން ޓާރގެޓްތައް ފުރިހަމަކުރުން.
|
މަޤާމުގެ ޝަރުތުތައް
|
މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ތައުލީމީ ރޮނގުތައް
|
،ކޮމިއުނިޓީ ހެލްތް ޕްރައިމަރީ ހެލްތުކެއަރ ،ޕަބްލިކް ހެލްތު
|
ގުޅޭ ވަޒީފާގެ ދާއިރާ
|
ހެލްތު ސާވިސަސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 އޮގަސްޓް 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014344 ނަންބަރު ފޯނަށެވެ.
|