އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުކުގެ ވެރިފަރާތް ހޯދުން.

މިރަށު ބީޗްރޯޑާއި (ދެކުނުފަރާތު އެންމެ އަތިރިއަށް އޮތް މަގުގައި)، ނިކަގަސްމަގުގައި (އުތުރު ފަރާތު ބަނދަރުން ފެށިގެން ފުޓްބޯޅަ ދަނޑާހަމައަށް އެންމެ އުތުރަށް އޮތް މަގުގައި) ހިނގާމީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށްހުރި ބައެއް ރުއްތަކާއި، ކުނިކޮށި ބޮޑުކުރުމަށްޓައި މިހާރުއޮތް ކުނިކޮށީގެ އެއްގަމު ވާފަޅީގައިހުރި ބައެއްރުއްތައް ކަނޑަންޖެހޭތީ، މި ދެންނެވި ތަންތަނުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްތަކުގެ މަޢުލޫމާތު މި އިދާރާއަށް ބޭނުންވާތީ، މި ސަރަޙައްދުގައި ހުރި ރުއްތަކުގެ މަޢުލޫމާތު މި އިދާރާއަށް އެންގުމަށް އެދި މި އިދާރައިގެ ނަންބަރު: (IUL)347/347/2019/50 އިޢުލާނުނާއި ނަންބަރު: (IUL)347/347/2019/46 އިޢުލާނުންވަނީ އެންގިފައެވެ. ނަމަވެސް މި ދެއިޢުލާނުގެ މުއްދަތު ހަމަވި އިރުވެސް އެއްވެސް ފަރާތަކުން މި ދެންނެވި ރުއްތަކާބެހޭ އެއްވެސް މަޢުލޫމާތެއް ހުށަހަޅާފައެއްނުވެއެވެ.

މަތީގައި ދަންނަވާފައިވާ ތަންތަނުން ކަނޑަންޖެހޭ ރުއްތަކުގައި، މި އިދާރައިގެ ފަރާތުން މިހާރުވާނީ ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ. އަދި ބައެއް ރުއްތަކުގައި އެ ނަންބަރުގެ މަތީކައިރީގައި އަނެބައި ރުއްތަކުގައި ތިރީކައިރީގައި ވާނީ ފެހިކުލައިން ރުއްވަށައި ބަންދެއް ދަމާފައިވާނެއެވެ.

ވީމާ، މިދެންނެވި ތަންތަނުގައި އަމިއްލަފަރާތެއްގެ ރުކެއްހުރިނަމަ އެފަރާތަކުން، މި އިދާރައިން ޖަހާފައިވާ ނަންބަރާއި، އެ ރުކެއްގައި ރުކުގެ ވެރިފަރާތުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ނޯޓް ކުރައްވައި، 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާއިރު މި ދެންނެވި ރުއްތަކާއިބެހޭ މަޢުލޫމާތު މި އިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެއީ ރައްޔިތުންގެ ރުއްކަމަށް ބަލައި އެ ރުއްތައް ނީލަމުގައި ވިއްކާލެވޭނެ ވާހަކަ އެންމެހައި ފަރާތްތަކަށް އަންގާ ޢިޢުލާނުކުރީމެވެ.

22 ޖުލައި 2018
ހޯދާ