މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ހޯލް އިމާރާތުގައި ކުޑަދޮރުތަކާއި ބޮޑުދޮރުތައް ހަރުކޮއްދޭނެ ފަރާތެއް ހޯދުން

  • ދ.މާއެނބޫދޫ ސްކޫލުގެ ހޯލް އިމާރާތުގައި ކުޑަދޮރުތަކާއި ބޮޑުދޮރުތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖުލައި 23 އިން 2019 ޖުލައި 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޖުލައި 2019 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލުގެ ހޯލުގައި އޮންނާނެއެވެ.
  • ބިޑް ހުޅުވުން އޮންނާނީ 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގެ ހޯލުގައެވެ.
  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާއެނބޫދޫ ސްކޫލް

ދ.މާއެނބޫދޫ / ދިވެހިރާއްޖެ

ފޯން:  6760608 / 7952919

އީ-މެއިލް:  [email protected]

23 ޖުލައި 2019
ހޯދާ