މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މާކެޓިންގ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

                                                                         

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                                  

                              ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އެސިސްޓެންޓް މާކެޓިންގ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

- އަސާސީ މުސާރަ (މަހަކު):  5,100/-ރުފިޔާ

- އެލަވަންސް (މަހަކު):3,400/-  ރުފިޔާ

 - (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި ބަސް ހިމެނޭގޮތަށް) ފާސްވެފައިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

  1. ސެކްޝަނުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން.
  2. ސެކްޝަނުން އެކި ފަރާތްތަކަށް ދޫކުރާ ލިޔެކިއުން ދޫކުރުމާއި އެކަން ކަމާއިގުޅުންހުރި އިދާރީ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިއުން.
  3. އެކި ކަންކަމުގައި ރާއްޖެ ގެނެވޭ ބޭރުގެ ފަރާތްތަކުގެ ވިސާ ނެގުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިއުން.
  4. ސެކްޝަނުން ފޮނުވަން ޖެހޭ ސިޓީ، ރިޕޯޓް ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  5. ސެކްޝަނުން ބާއްވާ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި ބައްދަލުވުންތަކުގެ ރެކޯޑްތައް ބެލެހެއްޓުން.
  6. ޙަވާލުކުރެވޭ މާރކެޓްތަކުގެ މާކެޓް ރިސާރޗް އަދި އެނަލަސިސް ހެދުމާއި އެ މާކެޓްގައި ދިވެހި ރާއްޖެ އިޝްތިހާރު ކުރުމާއިގުޅޭ އެންމެހާ މަސައްކަތްތައް ޕީ.އާރް ގެ ލަފާ ހޯދައި، ސުޕަވައިޒަރގެ ލަފާގެ މަތިން ކުރުން.
  7. މާކެޓިންގ އިވެންޓްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވުމާއި ބައިވެރިވުން.
  8. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވެ ބައިވެރިވުން.

 

 ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް.


 

ހުށައަޅަންޖެހޭ ލިޔުންތައް:

 

-  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

-  ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސްދެވޭނީ ލިޔުން ހުށައަޅާފައިވާނަމައެވެ).

-  ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

 އިތުރު މަޢުލޫމާތު: 

  • މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު،  މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން 

22 ޖުލައި 2019

 

22 ޖުލައި 2019
ހޯދާ