މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

 

                                                              

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                        

                              ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

- އަސާސީ މުސާރަ (މަހަކު):  5,100/-ރުފިޔާ

- އެލަވަންސް (މަހަކު):3,400/-  ރުފިޔާ

 - (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާރޓްމަންޓް/ ސެކްޝަން: ކޯޕަރޭޓް އެފެއާޒް/އެޗް.އާރް އެންޑް އެޑްމިން

ބޭނުންވާ އަދަދު: 1

 ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި ބަސް ހިމެނޭގޮތަށް) ފާސްވެފައިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-      އެޑްމިން އެންޑް އެޗް.އާރ ސެކްޝަނުގެ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

2-      މިއޮފީހަށް އަންނަ ފޯން ކޯލްތަކަށާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތްދިނުމާއި ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

3-      އޮފީހަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔުންތަކުގެ އެންޓްރީ ހެދުމާއި، ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ޙަވާލުކުރުން.

4-      ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5-      މިކޯޕަރޭޝަނުގެ ޖެނަރަލް އީމެއިލްއަށް އަންނަ މެއިލް ތައް ބަލައި، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖެނަރަލް މެއިލްތަކަށް ޖަވާބުދާރީވުން.

6-      ކޯޕަރޭޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކޮށް ފައިލް ކުރުން.

7-      މި ކޯޕަރޭޝަނުގެ މެންބަރޝިޕް ޑޭޓާބޭސް ގަވާއިދުން އަޕްޑޭޓްކޮށް ފޯމުތައް ބެލެހެއްޓުން.

8-     ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 29 ޖުލައި 2019 ވާ  ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް.

 ހުށައަޅަންޖެހޭ ލިޔުންތައް:

-         ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

-         ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

-         ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

    -  ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސްދެވޭނީ ލިޔުން ހުށައަޅާފައިވާނަމައެވެ).

-         ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

 އިތުރު މަޢުލޫމާތު: 

  • މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު،  މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

22 ޖުލައި 2019
ހޯދާ