މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޟުޙާ ޢީދު ބަންދު
1440 ވަނަ އަހަރުގެ އަޟުޙާ ޢީދުގެ މުނާސަބަތުގައި 15 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާއިގުޅިގެން، މިއޮތޯރިޓީއާއި ބޭންކުތަކާއި މިއޮތޯރިޓީން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ޚިދުމަތް ދިނުމަށް 14 އޮގަސްޓް 2019 ވާ ބުދަ ދުވަހު ހުޅުވާފައި ހުންނާނެވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
މި އޮތޯރިޓީން އާންމުންނަށް ޚިދުމަތްދޭ ގަޑިތައް ތިރީގައި މިވަނީއެވެ.
ބޭންކިންގޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރުފަހު 2:00 އަށް.
ބޭންކިންގޚިދުމަތް (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން 11:00 އަށް.
ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރުފަހު 3:00 އަށް.
21 ޖުލައި 2019
ހޯދާ