ދިވެހިރާއްޖެ
ނަމްބަރ: IUL-248-CAA/248/2019/79
މި އިދާރާގެ ނަމްބަރު (IUL)248-CAA/248/2018/27) 30 އޭޕްރީލް 2018 ) ގެ އިޢުލާނު ބާޠިލްކުރުން:
މި އިދާރާގެ ނަމްބަރު ( IUL ) 248-CAA/248/2016/85 ( 10 އޯގަސްޓް 2016 ) ގެ އިއުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އިޢުލާނުކޮށް ޝަކުވާ ހުށެހެޅުމަށް ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މި އިދާރާގެ ނަމްބަރު (IUL)248-CAA/248/2018/27 ) 30 އޭޕްރީލް 2018 ) ގެ އިޢުލާނު ބާޠިލްކޮށްފީމެވެ.
އެއިޢުލާނު ބާޠިލް ކުރީ ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކަށް ޕޮއިންޓް ދީފައިވާގޮތާއި މެދު ޝަކުވާތަކެއް ހުށަހެޅިފައިވުމާއެކު އެޝަކުވާތައް ބެލިބެލުމުން ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާތީއެވެ. އަދި މިހާރު ބަލަމުންދާ މައްސަލަތައް ބަލައި ނިމުމަށްފަހު ފޯމްތަކަށް ޕޮއިންޓް ދެވުނުގޮތުގެ އައުތަރުތީބު ލިސްޓް އާއްމުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.