ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ކޮންސަރވޭޝަން އޮފިސަރ
|
މަގާމުގެ ނަންބަރު:
|
J 309350
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެންޑް ކޮންޒަރވޭޝަން އައްޑޫ އެންޑް ފުވައްމުލައް
|
މުސާރަ:
|
-/5020 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/1,500 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
-/1757 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/700 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- 'ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު އެންވަޔަރަންމެންޓްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.ނުވަތަ
- އެންވަޔަރަންމެންޓަލް ސައިންސް ނުވަތަ މެރިން ސައިންސް ގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
- އެސިސްޓަންޓް ޑިރެކްޓަރުގެ ލަފާގެ މަތިން ނޭޗަރ ޕާރކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ކުރާ ރިސާރޗްތަކަށް ބޭނުންވާ ޑޭޓަރ ކަލެކްޓްކޮށް އެޑޭޓަރ އެނަލައިޒްކޮށް ރިޕޯޓުތައް ތައްޔާރުކުރުން.
- އައްޑޫ ނޭޗަރ ޕާރކުގެ އެއްގަމާއި ކަނޑުގެ މާހައުލާ އެތާނގައިވާ ދިރުންތަކާއި ބެހޭ ގޮތުން ސްކޫލުތަކާއި އާންމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް މަދުވެގެން މަހަކު އެއްފަހަރު ހިންގުން.
- އައްޑޫ ނޭޗަރ ޕާރކު އެއްގަމާއި ކަނޑު ބެލެއްޓުމާއި ބެހޭ ޤަވާއިދުގެ ދަށުން ތަފާތު ކަންކަމަށް ދޫކުރަންޖެހޭ ޕާރމިޓްތައް އެފަރާތްތަކަށް ދޫކޮށް ރެކޯޑްސް ބެލެހެއްޓުން.
- އައްޑޫ ނޭޗަރ ޕާރކުގެ މޫދާއި އެއްގަމުގެ މާހައުލުގައިވާ ދިރޭތަކެތީގެ އިންވެންޓްރީ ހަދައި، ބަލަހައްޓާ، އަޕްޑޭޓްކުރުން.
- ވިޒިޓަރސް ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައްޑޫ ނޭޗަރ ޕާރކުގެ އެއްގަމާއި ކަނޑުގައި ގައި ހިނގާ ރިސާރޗްތަކާއި ބެހޭ މަޢުލޫމާތު ދިނުން.
- އައްޑޫ ނޭޗަރ ޕާރކާއި ގުޅޭ ލީފްލެޓްތަކާއި، ބްރޮޝަރ ތަކާއި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރުކުރުން.
- ވެޓްލޭންޑް ކޮމިއުނިޓީ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުންތައް ބޭއްވުމާއި އެބައްދުލުވުމުގެ ޔައުމިއްޔާ ނަގައި ބެލެހެއްޓުން.
- ގާވާއިދާ ޚިލާފަށް އެއްގަމާއި ކަނޑުގެ ސަރަހައްދުން އައްޑޫ ނޭޗަރ ޕާރކަށް ވަނުމާއި، މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ އަދި ޤަވާއިދާ ޚިލާފުކަމެއް ހިގާނަމަ އެކަމެއް ވަގުތުން ރިޕޯޓްކޮށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުން.
- އައްޑޫ ސިޓީގައި އެންވަޔަރަންޓް މިނިސްޓްރީން ހިންގަންޖެހޭ މަސައްކަތްތަކާއި ހަރަކާތްތައް ހިނގުމުގައި ވެރިންގެ ލަފާގެ މަތިން ބައިވެރިވުން.
- އަދި މިނޫންވެސް އޮފީހުން ރާވައި ހިންގާ ކަންކަމުގައި ބައިވެރިވެ ޑިޕާޓްމަންޓްގެ ހެޑުގެ ލަފާގެ މަތިން ނިންމުންތައް ތަކުގައި ބައިވެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ހިމާޔަތްކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 04 އޮގަސްޓް 2019 އާއި 29 އޮގަސްޓް 2019 އޭޕްރިލް ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
18 ޖުލްޤައިދާ 1440
21 ޖުލައި 2019
|