ދިވެހިރާއްޖެ
މަގާމު |
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
ބޭނންވާ މުއްދަތު |
6 (ހައެއް) މަސްދުވަހުގެ މުއްދަތަށް |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަގާމުގެ ގިންތި |
ވަގުތީ |
މަގާމުގެ ރޭންކް |
ޖީ.އެސް-3 |
މަގާމުގެ ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
އޮފީސް |
މިނިސްޓްރީ އޮފް ޑިފެންސް، މާލެ |
ސެކްޝަން |
ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން |
ވަޒީފާ އަދާކުރަންޖެހޭތަން |
މިނިސްޓްރީ އޮފް ޑިފެންސް، މާލެ |
މުސާރަ |
މަހަކު 4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 1,500.00 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް |
މަހަކު 700.00 ރުފިޔާ |
އެހެނިހެން އެލަވަންސް |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- މިނިސްޓްރީއަށް ލިބޭ ފައިސާއާބެހޭ ލިޔެކިއުންތަކާއި ބިލްތައް އެންޓްރީކުރުން. 2- އެކި ޔުނިޓްތަކަށް ފޮނުވަންޖެހޭ ފައިސާއާބެހޭ ލިޔެކިއުމާއި ބިލްތައް އެފަރާތްތަކަށް ފޮނުވުމާއި، އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 3- ޕޭމަންޓް ވައުޗަރ އާއި، ފައިސާއާބެހޭ ލިޔެކިއުންތައް އަދި ސިޓީ ނޯޓްފަދަ ތަކެތި ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން. |
މަގާމުގެ ޝަރުތުތައް |
ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓިފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ގަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ތަޢުލީމަށް (ކަނޑައަޅާފައިވާ އިންސައްތަ %35) 2. ތަމްރީނަށް (ކަނޑައަޅާފައިވާ އިންސައްތަ %5( 3- ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިހާނަށް (ކަނޑައަޅާފައިވާ އިންސައްތަ %5) 4. ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ ) 5. މަސައްކަތުގެ ހުނަރަށް (ކަނޑައަޅާފައިވާ އިންސައްތަ %45) |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިދާރާގެ www.defence.gov.mv ވެބްސައިޓުން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް އަދި ފެކްސް 3325525 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 އޮގަސްޓް 1 އިން 8 އަށް މިނިސްޓްރީ އޮފް ޑިފެންސް ގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި ތާރީޚުތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެންތިބުން އެދެމެވެ.
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724، އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3325525 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.
|
18 ޛުލްޤަޢިދާ 1440
21 ޖުލައި 2019