ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެންވަޔަރަންމަންޓް އެނަލިސްޓް
|
މަގާމުގެ ނަންބަރު:
|
J 230594
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
|
މުސާރަ:
|
-/6,295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
2,203/25 ރުފިޔާ
|
ޓެކްނިކަލް ކޯ އެލަވަންސް
|
1762/60 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- އެންވަޔަރަންމެންޓަލް ސައިންސް މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން، 12 ވަނަ ލަނޑުދަނޑި ކަމުގައިވާ ތަކެތި އުފައްދާ ބޭނުން ކުރުމުގައި ޒިންމާދާރުވުމުގެ މަސައްކަތްތަކުގެ ނޭޝްނަލް ފޯކަލް ޕޮއިންޓުގެ ގޮތުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން ރާއްޖޭގެ ސްޓޭކްހޯލްޑަރުންނާއި އެކު މަސައްކަތް ކުރުމާއި ލަނޑުދަނޑީގެ އަސާސްތަކަށް ވާސިލުވުމަށް ކުރަން ޖެހޭ މަސައްކްތައް ކުރުން. އަދި މިކަމުގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލު ކުރަން ޖެހޭ ހާލަތްތަކުގައި ތަމްސީލު ކުރުމާއި، މަސައްކަތްތަކަށް ބޭނުންވާ ފަނޑުތައް ހޯދުމުގައި ބޭރުގެ ފަރާތްތަކާއި އެކު މަސައްކަތް ކުރުން.
- ދިވެހިރާއްޖޭގައި މަސައްކަތް ކުރާ، ތިމާވެށީގެ ޖަމިއްޔާ ޖަމާޢަތްތަކުގެ ޑޭޓާ ބޭސްއެއް އެކުލަވާލުމާއި ތިމާވެށީގެ ޖަމިއްޔާތައް ހަރުދަނާކޮށް ބާރުވެރިކުރުމަށް މަސައްކަތްކުރުން.
- ދިވެހިރާއްޖޭގައި މަސައްކަތް ކުރާ، ތިމާވެށީގެ ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން ތިމާވެށި ހިމާޔަތް ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އެމީހުންގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަންފޯރުކޮށްދީ، އެމީހުންގެ ޤާބިލްކަން އިތުރުކުރުމަށް މަގުތަނަވަސްކޮށްދިނުން.
- ބައިނަލްއަޤްވާމީ މައިދާނުގައި ތިމާވެއްޓާއި ގުޅުންހުރި މަސްކަތްތައް ކުރާ އަމިއްލަ ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ފުރުސަތުތައް ހޯދައިދިނުމާއި ބައިނަލްއަޤްވާމީ ޖަމިއްޔާތައް ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާނެ ގޮތުގެ އުޞޫލު އެކުލަވާލައި ތަންފީޒުކުރުން
- ސްކޫލް ދަރިވަރުންގެ މެދުގައި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ސްކޫލްތަކާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ރާވާ ހިންގާ ކުރިޔަށް ގެންދިއުން.
- ސްކޫލް ދަރިވަރުންނަށް ތިމާވެއްޓާ ގުޅޭ ޕްރޮޖެކްޓްސް ހިންގުމާއި މޮނިޓަރ ކުރުން.
- ސްކޫލުތަކުގެ ތިމާވެށީގެ ކްލަބްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- ދިވެހިރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލެވިގެން ކުރިޔަށް ގެންދާ ތިމާވެށީގެ ގައުމީ މަހާސިންތާ ރާވާ ކުރިޔަށް ގެންދިއުން.
- ތިމާވެށީގެ ގޮތުން ދިވެހިރާއްޖޭގައި ފާހަގަ ކުރާ ބައިނަލް އަގްވާމީ މުހިއްމު ދުވަސްތައް ފާހަގަ ކުރުމުގައި ކުރަން ޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
- ތިމާވެށީގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީގެ މީސްމީޑިއާ ވަސީލަތްތަކަށް ބޭނުންވާ މައުލޫމާތު ތައްޔާރުކޮށް ޝާއިރު ކުރުން.
- ތިމާވެއްޓާ ގުޅޭގޮތުން އާއްމުންގެ ފަރާތުން އަންނަށް ސުވާލުތަކައް ޖަވާބު ފޯރުވައިދީ ހޭލުންތެރިކަން އިތުރުކުރުން.
- ޑިޕާރޓްމަންޓުން ކުރިޔަށް ގެންދާ ތިމާވެށީގެ އެކިއެކި މަސައްކަތްތަކުގައި އެއްބާރުލުންދީ ލަފާ ދިނުން.
- ގައުމީ ފެންވަރުގައި ތިމާވެށީގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން. މިގޮތުން ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުޢައްސަސާތަކާއި އަދި ޕްރައިވެޓް ސެކްޓަރއަށް ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޕްރޮގްރާމްތައް ފެށި ދާއިމީގޮތެއްގައި ހިންގުން. އެޑިއުކޭޝަން އެންޑް އެވަރނަސް ޔުނިޓް ގެ ވޯރކްޕްލޭން ތައްޔާރުކޮށް، ބަޖެޓް ހެދުމާއި އަދި ބަޖެޓް މެނޭޖްކުރުމުގެ އިތުރުން، މަސައްކަތްތަކަށް ބޭނުންވާ ބަޖެޓް ހޯދުމަށް މަސައްކަތް ކުރުން. އަދި މަސައްކަތް ކުރިޔަށް ދާވަރު ބެލުމާއި ރިޕޯރޓް ކުރުން.
- އާއްމު ރައްޔިތުން ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމައްޓަކައި އޮފީހުގެ އެހެން ޑިޕާރޓްމަންޓް ތަކާއި އެކު ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އެއްބާރުލުން ދިނުން.
- ޑިޕާރޓްމަންޓްގެ ތިމާވެއްޓާ ގުޅުންހުރި ލިޔުންތަކާއި، ފޮޓޯ ލައިބްރަރީ މުއްސަނދިކޮށް، ބެލެހެއްޓުން.
- ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުމާއި މިކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްނަގައިގެން ކަންތައްތައް ރާވައި ހިންގުން.
- ތިމާވެށީގެ އެކިއެކި ކަންކަމުގައި އާއްމު ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން ވާރކްޝޮޕް، ސެމިނަރ، އަދި ލުއިފޮތް ތައްޔާރުކޮށް ޝާއިރު ކުރުން. އަދި ހަބަރު ފަތުރާ ވަސީލަތްތަކަށް ބޭނުންވާ ތިމާވެށީގެ ހޭލުންތެރިކަމުގެ މައުލޫމާތު ތައްޔާރުކޮށް ހިއްސާކުރުން.
- އެންވަޔަރަންމަންޓް ޑިޕާރޓްމަންޓްގެ ބަޖެޓާއި ވާރކްޕްލޭން ކުރިއަށްދާ ގޮތް މޮނިޓަރކުރުން
- ޑިޕާޓްމަންޓްގެ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކިގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުމުގެ ތަޖުރިބާ
- އެވެއަރނަސް މެޓީރިއަލްތައް ތައްޔާރު ކުރުމުގެ ހުނަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 04 އޮގަސްޓް 2019 އާއި 29 އޮގަސްޓް 2019 އާ ދެމެދު މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018330، 3018329 އަށް ގުޅުއްވުން އެދެމެވެ.
|
18 ޒުލްޤައިދާ 1440
21 ޖުލައި 2019
|