ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާތަކެތި ނީލަން ކިޔުން

                            ނަމްބަރ: (IUL)248-CAFA/248/2019/76  

 

އިޢުލާން

 

ބާތަކެތި ނީލަން ކިޔުން

      މިއިދާރާއިންނާއި މިސްކިތްތަކުން ނަގާފައިވާ ބާ ތަކެއްޗާއި، އެނޫންވެސް ބައެއް ތަކެތި ނީލަން ކިޔުން 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހަވީރު 4:30 ގައި މިއިދާރާގެ ގޯތި ތެރޭގައި އޮންނާނެއެވެ. ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތި އެދުވަހު ނީލަން ކިޔާ ނުނިމިއްޖެނަމަ ޖެހިގެން އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:30 ގައި އެތަކެތި ނީލަން ކިޔޭނެއެވެ.

      މިނީލަމުގައި ވާހައި ގިނަ ފަރާތް ތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

      ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ވާނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

      ނީލަމުން ނަންގަވާ ތަކެތި ވަގުތުން ގެންދަވަން ވާނެއެވެ. 

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

      18 ޛުލްޤައިދާ 1440   

      21 ޖުލައި   2019

 

21 ޖުލައި 2019
ހޯދާ