މަޤާމު:
|
ސީނިއަރ ލެކްޗަރަރ / ޓްރެއިނިންގ މެނޭޖަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ޓްރެއިނިންގ އެނޑް ޑެވެލޮޕްމަންޓް ޔުނިޓް
|
ގްރޭޑް:
|
8
|
ސްޕައިން ޕޮއިންޓް:
|
46
|
މުސާރަ:
|
މަހަކު 15,246.00 ރ
|
ސަރވިސް އެލަވަންސް:
|
މަހަކު6,534.00 ރ
|
އިނާޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
އެމް.އެން.ކިޔު.އެފް ގެ ލެވެލް 10 ގެ ސަނަދެއް މަސައްކަތާ ގުޅޭ ދާއިރާއިން ހާޞިލުކޮށްފައިވުން.
|
ސީނިއަރ ލެކްޗަރަރ (ސްޕައިން ޕޮއިންޓް 46) ގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެކްޗަރަރ
(ސްޕައިން ޕޮއިންޓް 40) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު:
|
ލެކްޗަރަރ / ޓްރެއިނިންގ މެނޭޖަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ޓްރެއިނިންގ އެނޑް ޑެވެލޮޕްމަންޓް ޔުނިޓް
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
40
|
މުސާރަ:
|
މަހަކު 12,687.50 ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 5،437.50 ރ
|
އިނާޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
- އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފް މިންގަނޑުން 480 ކްރެޑިޓްސް) ހާޞިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އޮޕަރޭޝަނަލް ޕްލޭންގައިވާ ލަޑުދަޑިތައް ޙާޞިލުކުރުމަށްޓަކާ ކުރު މުއްދަތުގެ ކޯސްތަކުގެ ޕްލޭންނެއް ތައްޔާރުކޮށް އެއަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމާއި އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން އަހަރުތެރޭގައި ހިންގުމަށް ރޭވިފައިވާ ކުރު މުއްދަތުގެ ކޯސްތައް ފެކަލްޓީ / ސެންޓަރ ތަކާ ގުޅިގެން ކުރިޔަށް ގެންދިޔުން.
- ކޯސްތަކުގައި ކިޔަވައިދިނުން އަދި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ތައްޔާރުކޮށް އަޕްޑޭޓްކުރުން.
- މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަރައްޤީކޮށް، އެކަށޭނެ ތަމްރީނު ދިނުމުގެ ތަފާތު މެތޮޑުތައް ހުށަހެޅުން (މިސާލަކަށް ސިމިޔުލޭޝަން، މެންޓަރިންގ، އޮންދަ ޖޮބް ޓްރޭނިންގ ދީގެން ނުވަތަ ކިލާސް ރޫމް ހިންގައިގެން).
- ކޮންމެ ސެޝަނަކަށްފަހު ޓްރެއިނަރުންނާއި ބައިވެރިންގެ ފީޑުބެކް ހޯދުން
- ނަތީޖާ ޙާޞިލުވާނެ ޓްރޭނިންގ ޕްރޮރާމްތަކެއް ޑިޒައިން ކޮށް ހިންގުން.
- ސެމިނަރ ތަކާއި ވާރކްޝޮޕްތަކާއި އެ ނޫން ޓްރޭނިންގތައް ޑިޒައިން ކޮށް ހިންގުން
- މުވައްޒަފުން ވަޒީފާއަށް ތައްޔާރު ކުރުމާއި އަހުލުވެރި ކުރުމުގެ ސެމިނަރ ތަކާއި ވާރކްޝޮޕްތަކާއި އެ ނޫން ޓްރޭނިންގތައް ޑިޒައިން ކޮށް ހިންގުން
- ޙާލަތަށް ބަލާ ވަކިކަމަކަށް އަމާޒް ކޮށްގެން ޓްރޭނިންގ ހިންގުން ނުވަތަ ދިމާވާ ވަކިކަންކަމަށް ހައްލު ހޯދޭނެ ޕްރޮގްރާމްތަކެއް ހިންގުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ހަޔަރ އެޑިއުކޭޝަން ދާއިރާގައި މަދުވެގެން 05 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ކޮލީޖިއަލް އެންޑް ކޮލަބޮރޭޓިވް (ޓީމެއްގެ ތެރޭގައި އެކުވެގެން މަސައްކަތް) ކޮށް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުން ތަމްރީނުކުރުމުގެ ތަޖުރިބާ ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|