ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ )

އިޢުލާން

މިސްކޫލުގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                      02 (ދޭއް)

މަޤާމުގެ ގިންތި:                      ވަގުތީ ( މީލާދީ 3  މަސް )

މަޤާމުގެ ރޭންކް:                      ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:                 އޮފިސަރ ގްރޭޑް 1

ސެކްޝަން:                        އެޑްމިން ސެކްޝަން

ވަޒީފާ އޮތް އޮފީސް:                    ހުރާ ސްކޫލް / ކ.ހުރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:             ހުރާ ސްކޫލް / ކ.ހުރާ

މުސާރަ:                           -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:                  1500.00 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:                -/700 ރުފިޔާ (ހަތްސަތޭކަ ރުފިޔާ)

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1.  ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތަށް ސްކޫލަށް ލިބޭފައިސާ ބަލައިގަތުން
  2. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތަށް ސްކޫލްގެ އިންވެންޓްރީ ބެލެހެއްޓުން (ސްކޫލަށް ހޯދޭ ތަކެތީގެ ތެރެއިން އިންވެންޓްރީއަށް އަރުވަންޖެހޭތަކެތި ،ޚަރަދު ކުރުމަށް ހުއްދަ ދިނުމުގެ ކުރިން އިންވެންޓްރީއަށް އެރުވުން.  އެގޮތުން ތަނަށް ގަންނަ ނުވަތަ ހަދިޔާ ގެ ގޮތުގައިލިބޭ ހުރިހާ މުދަލެއްވެސް އިންވެންޓްރީ ފޮތުގައި ލިޔެ ބަލަހައްޓަށް ވާނެއެވެ.
  3. ކޮންމެ ދުވަހެއްގެ ޔަޢުމިއްޔާ ޖެހިގެންއަންނަ ދުވަހު ލިޔެނިންމާ ސޮއިކޮށް ބެލެހެއްޓުން
  4. ސްކޫލް ޤަވާއިދާ އެއްގޮތަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ވަކިކުރުން
  5. މުވައްޒަފުންގެ ޙާޟިރީ ބަލަހައްޓާ، ޗުއްޓީ ތާވަލްހަދާ ، ޗުއްޓީ ޗިޓްހެދުން، ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ފާއިތުވީ މަހުގެ ޙާޟިރީ ރިޕޯރޓް ތައްޔާރުކޮށް އިސްވެރިޔާއަށް ހުށަހެޅުން.
  6. ގަޑިޖެހިގެން ޙާޟިރުވާ މުވައްޒަފުން ގަޑިޖައްސާ ކޮންމެ މަހެއްގެ މުސާރަ ދިނުމުގެ ކުރިން ގަޑި ޖެހުނު މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާއި ޙަވާލުކުރުން.
  7. ސްކޫލުން ރާވާ ހިންގާ އިތުރުޙަރަކާތްތަކުގެ ދަރިވަރުންގެ ރެކޯޑް ބެލެހެއްޓުން
  8. ޕްރިންސިޕަލްގެ މަޝްވަރާގެ މަތިން ސްކޫލްގެ ތަންތަނާއި ތަކެތި ކުއްޔަށް ދިނުމާއި ފައިސާ ބަލައިގަތުން
  9. މުވައްޒަފުންގެ އެޕްރައިޒަލްއާއި ގުޅުންހުރި އިދާރީ މަސައްކަތްކުރުން
  10. މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުން
  11. ސްކޫލްގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  12. މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ޒާތީ މަޢުލޫމާތު ހާމަނުވާނޭފަދަ ގޮތަކަށް ބެލެހެއްޓުން
  13.  ސްކޫލް ސީނިއަރ މެނޭޖްމަންޓް ބައްދަލުވުންތަކަށް ކިޔައި ބައްދަލުވުންތަކުގެ ޔަޢުމިއްޔާ ބެލެހެއްޓުމާއި އަދި އެހެނިހެން ގުޅުންހުރި ލިޔެކިޔުން ބެލެހެއްޓުމާއި ފައިލްކުރުން
  14. ޕްރިންސިޕަލް އެދިލައްވާ މުވައްޒަފުންނާއި ގުޅުންހުރި މަސައްކަތްކުރުން
  15. ވަޒީފާއާއި ގުޅުންހުރި މަސައްކަތްކުރުން
  16. މަސައްކަތު މީހުނާއި ޕްރިންޓަރަށް މަސައްކަތް ދައްކައި މަސައްކަތް ޙަވާލުކުރުމާއި މަސައްކަތް ކުރާގޮތް ބެލުން
  17. ސްކޫލް ހުޅުވާ ބަންދުކުރާއިރު ސޮއިކުރާ ފޮތް ބެލެހެއްޓުން
  18. ދަސްވާރު ޕްރޮގްރާމާއިގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން
  19. ވިއުގަ 2.0 އާއިގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ލިޔުން
  20. ސްކޫލް ޑިޖިޓަލައިޒޭޝަނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން
  21. މުވައްޒަފުންގެ ފޯން ނަންބަރު އަޕްޓޭޑްކުރުން
  22. ސްކޫލުގެ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން
  23. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.
  24. މަސައްކަތަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް ނަންއަޅާ ސެލޯފިންލާ ފުރިހަމަކުރުން.

 

މަޤާމުގެ ޝަރުތުތައް

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހުރާ ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކ.ހުރާސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 28 ޖުލައި އާއި 31 ޖުލައި އާއި ދެމެދު ހުރާ ސްކޫލުގައެވެ.  ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓުކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން  އެންމެ މަތިން މާރކްސް ލިބޭ 08 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

  މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައެޅިފައިވާ  ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640177 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ admin@[email protected]  އަށެވެ.

 

                                14 ޛުލްޤައިދާ   1440

                                17  ޖުލައި     2019

 

17 ޖުލައި 2019
ހޯދާ