މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ބަނދަރުގެ 3 ސިޑީގައި ރެއިލިންގ ހަރުކުރުން

c

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫކައުންސިލްގެ އިދާރާ          Secretariat of the Holhudhoo Council

    ހޮޅުދޫ - ދިވެހިރާއްޖެ                  Holhudhoo – Rep of Maldives                                                

                                         

                             ނަމްބަރ: IUL)295-B/2019/27)

އިޢުލާން

                      

                ނ.ހޮޅުދޫ ބަނދަރުގެ 3 ސިޑީގައި ރެއިލިންގ ހަރުކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓް ހުށަހަޅުއްވާއިރު، މީރާގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

16 ޖުލައި 2019

 

                                                          

 

16 ޖުލައި 2019
ހޯދާ