މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ 21 ގޯއްޗާއި އެގޯތިތަކަށް ވަދެނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިހުރި 198 ރުއް ނަގައިދޭނެފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

ދިރިއުޅުމަށް އެންމެފަހުން ދޫކޮށްފައިވާ ބަންޑާރަ 21 ގޯއްޗާއި އެގޯތި ތަކަށް ވަދެ ނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިވާ 198 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. އެގޮތުން ދޫކުރެވިފައިވާ 21 ގޯތީގެ ތެރެއިން ރުއް ނަގަން ބޭނުންވާ ހުރިހާ ގޯއްޗަކާއި މަގުތައް ހިމެނޭގޮތަށް ރުއްތައް ނެގުމާއި ގޯތި ތަކުގެ ފަސްގަނޑު އެއްވަރު ކުރުމާއި މަގުތަކުގެ ފަސްގަނޑު އެއްވަރު ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ވޭވަށު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަސައްކަތް ކޮށްދޭނެ ގޮތުގެ ޕްރަޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ރުއްތައް ނެގުމަށް ހަވާލު ކުރެވޭ ފަރާތަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ރުއްތައް ނެގުމަށް މިއިދާރާއަށް ދޫކޮށްފައިވާ ހުއްދަ އާއި، ނަގާ ރުއްތައް މިރަށުން ބޭރުކޮށްގެން ގެންދިއުމާއިމެދު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިޢުތިރާޒެއް ނެއްކަމަށް މިއިދާރާއަށް އަންގަވާފައިވާ ސިޓީގެ ކޮޕީ ދެވޭނެއެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކްރުމާއި ލިޔެކިޔުން ހަވާލުކުރުން

21 ޖުލައި 2019

އާދީއްތަ

11:30

އަންދާސީ ހިސާބު ބަލައިގަތުން

25 ޖުލައި 2019

ބުރާސްފަތި

10:30

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރަޕޯސަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ބަދަލުގައި ފޮނުއްވަވާ ފަރާތުގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ޕްރަޕޯސަލް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކާ ދަންނަވަމެވެ. ޕްރަޕޯސަލް ހުށަހަޅުއްވަން  ވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި ޕްރަޕޯސަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުން ރުއްނެގުމަށް އެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

16 ޖުލައި 2019
ހޯދާ