ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ރަށްވެހިގެ 1 ކުއްޔަށް ދޫކުރުން

ފާދިއްޕޮޅު އަތޮޅުރަށްވެހިގެ1 ޢިމާރާތް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު(IUL)231-ED/231/2019/43   (16 ޖޫން 2019) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގައި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ10.31 ގެ (ށ)ގައި ބުނާ ޝަރުޠު ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށްފީމެވެ.

ވީމާ، މިއިދާރާއިން ކަނޑައަޅާ އުޞޫލުތަކަކާއި އެއްގޮތަށް ފާދިއްޕޮޅު އަތޮޅުރަށްވެހިގެ1 ޢިމާރާތް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

 ރަށްވެހިގެ އިމާރާތުގައި ހުރި ވަޞީލަތްތައް:

 

  • 04 ކޮޓަރި ސެމީ ފާރނިޝް (އެޓޭޗް ފާޚާނާއާއެކު)
  • 04 ކޮޓަރީގެ ތެރެއިން 02 ކޮޓަރި އޭސީ ކުރެވިފައި
  • ފެންމޯޓަރ ހަރުކުރެވިފައި
  • 01 ސިޓިންގ ރޫމް ސެމީ ފާރނިޝް (ޕަބްލިކް ފާޚާނާއާއެކު)
  • ސިންގަލް ފޭސް އިލެކްޓްރިކް ކަނެކްޝަން
 

 

ވީމާ. މި އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ޑޮކިއުމަންޓްސް ބައްލަވައި ގަތުމަށްފަހު ބިޑު ޑޮކިއުމަންޓްސް ފުރިހަމަ ކުރައްވައި ކަނޑައެޅިފައިވާ ގަޑިއަށް ބިޑު ޑޮކިއުމެންޓް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ބިޑް ޑޮކިއުމަންޓްސް ވިއްކުން

14 ޖުލައި 2019 ( އާދީއްތަ )ދުވަހުންފެށިގެން 22 ޖުލައި 2019 ( ހޯމަ) އަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

 

ޕްރީބިޑް މީޓިންގ

 23 ޖުލައި 2019 ( އަންގާރަ ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި

       

ބިޑް އޯޕަން މީޓިންގ

01 އޯގަސްޓް 2019 (ބުރާސްފަތި)  ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި.

ބިޑު ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ.

ބިޑު ބައްލަވައިގަތްފަރާތުން ޕްރީ ބިޑު މީޓިންގ ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައި ވިޔަސް ބިޑު ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. 

09 ޖުލައި 2019
ހޯދާ