އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
ސްޕޯޓްސް ސްޕަވައިޒަރ

އިޢުލާނު

 

މަޤާމް:                  ސްޕޯޓްސް ސްޕަވައިޒަރ

މަޤާމުގެ ނަންބަރު:            J-283042

ބޭނުންވާ އަދަދު:             1

މަޤާމުގެ ގިންތި:             ދާއިމީ

މަޤާމުގެ ރޭންކް:             ޖީ.އެސް 3 (އޮފިސަރ ގްރޭޑް 1)

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:      އދ އޮމަދޫ ސްކޫލް

މުސާރަ:                 މަހަކު 4465.00 ރުފިޔާ 

ސަރވިސް އެލެވަންސް:         މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:         ސަޕޯޓިން ކޯ އެލަވަންސް. މަހަކު 700.00 ރުފިޔާ 

އިތުރު އިނާޔަތްތައް:           

  •                 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  •                       ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  1. ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް، ސްކޫލުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
  2. ދަރިވަރުންނަށް ނެގޭ ޕީ.އީ ގަޑިތައް ކުރިއަށްގެންދިއުމުގައި ޕީ.އީ ޓީޗަރަށް އެހީތެރިވުމާއި، ޕީ.އީ ޓީޗަރ ނެތް ޙާލަތްތަކުގައި ޕީއީ ގަޑިތައް ނެގުން.
  3. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމްކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތް އިންތިޒާމްކޮށް ރާވައި ހިންގުން.
  4. ސްޕޯޓްސްއަށް ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ކުޅިވަރުކުޅުމަށް ބޭނުންވާ ސާމާނު، ބަޖެޓް ސެކްޝަނަށް ހުށަހަޅައިގެން ހޯދުން.
  5. ސްކޫލުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ރިކޯޑްސް ބެލެހެއްޓުން.
  6. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން.
  7. އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އަތޮޅު މުބާރާތްތަކާއި، ޤައުމީ މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމް ރާވައި ހިންގުން.
  8. ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ސްޕޯޓްސް ހަރަކާތްތަކާއި ޕީ.އީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށް ޕްރިންސިޕަލަށް ހުށަހެޅުން.

މަޤާމުގެ ޝަރުޠުތައް:           ސާނަވީ ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެއިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާންގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.          

 

ގުޅޭ ދާއިރާތަށް:       1. ސްޕޯޓްސް

ހުށަހަޅަންޖެހޭ ލިޔުންތައް:                           

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:      

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2019 ގެ 12:00 ގެ ކުރިން، އދ އޮމަދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 28 ޖުލައި 2019 އާއި 31 ޖުލައި 2019 އާ ދެމެދު، އދ އޮމަދޫ ސްކޫލް ގައެވެ. 

ޝޯޓް ލިސްޓްކުރުން:       

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680840 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

15 ޖުލައި 2019
ހޯދާ