ދިވެހިރާއްޖެ
ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް އެޓެންޑެންސްމެޝިން ހޯދުމަށް ކުރެވުނު ނަންބަރު 198F/2019/60 އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް އައިސްފައިވާތީ އެއިޢުލާނު ބާޠިލްކޮށް މިތަކެތި ގަންނަން އަލުން އިޢުލާނުކުރަމެވެ.
މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖުލައި 24 ވާ ބުދަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޛުލްޤަޢިދާ 1440