މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                                އިޢުލާން ނަންބަރ: IUL)MCIF/1/2019/6) 

ވަޒީފާގެ ފުރުޞަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މިކުންފުނީގެ ނަންބަރު (IUL/MCIF/1/2019/04)

(02 ޖުލައި 2019) އިޢުލާނަށް ޝަރުތުހަމަވާ އެއްވެސް ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު  : 1 (އެކެއް)

 މަޤާމުގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީގެ ރިސެޕްޝަން ބެލެހެއްޓުމާއި ކުންފުންޔަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން؛
  •  ކުންފުނިން ފޮނުވާ ސިޓީތަކާއި ލިޔެކިއުންތައް ތައްޔާރުކުރުމުގަޔާއި ފޮނުވުމުގައި އެހީތެރިވުން؛
  • ކުންފުނީގެ މީޓިންގތައް ހަމަޖައްސައި އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ލިޔުމާއި އަދި މީޓިންގ ތަކުގެ ރެކޯޑުތައް ބެލެހެއްޓުން؛
  • ކުންފުނީގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން؛
  • މީގެއިތުރުންވެސް ކުންފުނީގެ އިދާރީ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.
  • ކުންފުނީގެ ސްޓޮކް ބެލެހެއްޓުމާއި ތަކެތި ދޫކުރުން؛
  • ކުންފުނީގެ މަސައްކަތްތަކައް ބޭނުންވާނެ ތަކެތި ހޯދުމުގެ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި އެތަކެތި ލިބުމުން ސްޓޮކަށް ވެއްދުން؛

 މަޤާމުގެ ޝަރުތު:

 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން

  •  ދާއިރާއާއި ގުޅޭ 02 (ދެ) އަހަރުގެ މަސައްކަތުގެ ތަޖުރީބާ ލިބިފައިވުން؛
  • މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން؛
  • ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެނގުން،
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު:

17 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. 

އީމެއިލް މެދުވެރިކޮށް ނަމަ[email protected]  އަށް ފޮނުވުމަށް އެދެމެވެ.

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

ހ.ހުޅުގަލި / 4 ވަނަ ފަންގިފިލާ، ކަރަންކާމަގު

މާލެ، ދިވެހިރާއްޖެ

ފޯން:3008300

އީމެއިލް: [email protected]

 ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

10 ޖުލައި 2019
ހޯދާ