އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަލަށް ހަދާ އިމާރާތެއް ކުރަހައިދީ ބީއޯކިއު ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ހުޅުމާލޭގައި މިއޮފީހުން ހަދަން ބޭނުންވާ އިމާރާތެއް މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރަހައިދީ ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖުލައި 17 ވާ ބުދަ ދުވަހުގެ 14:00 އަށް  މިއޮފީހަށް  ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2019 ޖުލައި 24 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 14:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތައް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ޖުލައި 2019
ހޯދާ