އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސްތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީސް ހިނގަމުންދާ ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ އިރުމަތީ ބަޔާއި 3 ވަނަ ފަންގިފިލާގައި ހިމެނޭ އެންމެހާ ތަންތަން އެއް އަހަރު ދުވަހުގެ މުއްދަތަށް  ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖުލައި 16 ވާ އަންގާރަ ދުވަހު 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެދުވަހެއްގެ 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ޖުލައި 2019
ހޯދާ