ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރު: (IUL)10-F/10/2019/73
އިޢުލާން
މި މިނިސްޓްރީއަށް ފަރުނީޗަރު ގަތުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު: (IUL)10-F/10/2019/68 (01 ޖުލައި 2019) އިޢުލާންއާއި ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައަގަތީ ދެ ފަރާތް ކަމުގައި ވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
- 02 ވޯކް ސްޓޭޝަން
- 05 މޭޒު
- 12 ބުކްސެލްފް
ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
06 ޛުލްޣަޢިދާ 1440
09 ޖުލައި 2019