މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން
ދިވެހިރާއްޖެ
Admin officer

 

މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން

ހ. ކްރެސެންޓް މޫން

   މާލެ

 ދިވެހިރާއްޖެ

 

ތާރީޙް: 8 ޖުލައި 2019                                       ނަންބަރު:MGGA / IUL/ 2019-02  

މުވައްޒަފުން ބޭނުންވާ މަޤާމްތައް

 

މަޤާމުގެ ނަން:  އެޑްމިނިސްޓްރޭޓިވް އޮފިސަރ      މަޤާމް އޮތް އޮފީސް:  މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން

މުސާރަ:       -/4465                   ސަރވިސް އެލަވަންސް: -/1500  

އަދަދު:       01 (އެކެއް)                ވަޒީފާއަދާކުރަންޖެހޭ ސެކްޝަން: އެޑްމިން

ވަޒީފާއަދާކުރަންޖެހޭ ތަން:             މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭ ޝަން / ކ. މާލެ       

ރޭންކް: ޖީ. އެސް 3                      ކްލެސިފިކޭޝަން:      އޮފިސަރ ގްރޭޑް 1       

މަޤާމުގެ ޝަރުތު:  

  1. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'ދިވެހި' އަދި 'އިނގިރެސި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. ވަޒީފާގެ ދާއިރާގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާހުރުން.

 

 

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީސް ހުޅުވާ ލެއްޕުން
  2. އޮފީހުގެ ރިސެޕްޝަން ބެލެހެއްޓުން.
  3. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން
  4. އޮފީހަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތައް ފަދަތަކެތި ދުވަހުން ދުވަހަށް އެންޓަރކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  5. އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.
  1. އެކި އެކި ބޭނުންތަކަށް އޮފީހަށް އަންނަ ފަރާތްތަކަށް އެހީތެރިވެދީ  އެފަދަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށް ދިނުމާއި، އެފަރާތްތަކަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުން
  2. ޔައުމިއްޔާ ލިޔަންބޭނުންވާ މަޢުލޫމާތު ހޯދައި ދުވަހުން ދުވަހަށް ޔައުމިއްޔާ ލިއުން
  3. ސްކޫލްތަކާއި އެހެނިހެން ތަންތަނަށް ފޮނުވަންޖެހޭ ސިޓީތައް ޗީފްކޮމިޝަނަރގެ ބެލުމުގެ ދަށުންލިޔެ ފޮނުވުން
  4. އަލަށް އުފައްދާ ކޮންޕެނީ އަދި ޕެކް ތަކުގެ ރެޖިސްޓްރޭޝަން އާއި އުފެދިފައިވާ ކޮންޕެނީ ތަކުގެ ރީ ރެޖިސްޓްރޭޝަން ބެލެހެއްޓުން
  5. ގައިޑް އެސޯސިއޭޝަން ކުރާ ދަތުރު / ކޭންޕު ތަކުގައި ކޮމިޝަނަރުން އަށް އެހީވެދިނުން

 

  1. މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަންއަށް އީ-މެއިލް އަދި އެހެންވެސް ޒަރިއްޔާތަކުން ކޮންމެ ދުވަހަކު އަންނަ ތަކެތި އެންޓްރީކޮށް ބެލެހެއްޓުމާއި، މަސައްކަތް ހަވާލުކުރެވޭ މުވައްޒަފަށް އެންޓްރީ ހަވާލުކުރުމާއި އެންޓްރީ ފައިލްކުރުން އަދި ފޮނުވާ ސިޓީތައް ފައިލްކޮށް ބެލެހެއްޓުން އޮފީހަށް ބޭނުންވާ މުދާ ހޯދަން އެދުމުން، އެތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. ކޮންޓްރެކްޓްތައް  ހަވާލުކޮށްފައިވާ  ފަރާތްތަކާ  ކޮންޓެކްޓްކޮށް،  މަސައްކަތް  ކުރިއަށްދާގޮތް ބެލުމާއި، އެ މަސައްކަތްތައް ކުރިއަށްގެންދަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، މަސައްކަތް ނިމުމުން، ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށް ގެންދިއުން.
  3. މުދާ ގަންނައިރު، މުހިންމު އެއްޗިއްސަށް ސަމާލުކަންދީ،  ފައިނޭންސް ސެކްޝަން އަދި ބްރާންޗްތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާއި، މުދާ ލިބެމުންދާވަރަކަށް ޕީ.އޯ ރަޖިސްޓްރީއަށް އަޅައި އަޕްޑޭޓްކުރުމާއި، އިންވޮއިސް ލިބުމުން، އެ އިންވޮއިސްތައް ލަސްނުކޮށް ފައިސާދެއްކުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
  4. ކޮމިޝަނަރުން، ގައިޑް ލީޑާރުންނަށް އެހީވެދިނުން
  5. އެސޯސިއޭޝަނުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އެސޯސިއޭޝަންގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.
  4. މަސައްކަތައް ހުރި ޝައުގުވެރިކަން
  5. ޤާބިލުކަން ބެލުމަށް އިންޓަރވިއު ކުރުން

ހުށަހަޅަންޖެހޭ ތަކެތި:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 15 ޖުލައި 2019 ވާ ހޯމަދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި އެސޯސިއޭޝަންއަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

-          މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން ގައެވެ

-          އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.

-          އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3317932 ނަމްބަރާ ގުޅުއްވުން އެދެމެވެ.

 

08 ޖުލައި 2019
ހޯދާ