މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެކޭނިކް, ލޭބަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމް:       ސީނިއަރ މެކޭނިކް (ބ. ތުޅާދޫ އައިސް ޕްލާންޓް)

ބޭނުންވާ ޢަދަދު:  1

އަސާސީ މުސާރަ :  5900.00 ރުފިޔާ

ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: މަޤާމާއިގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 4 ގެ ކޯހެއްފުރިހަމަ ކޮށްފައި ވުމާއި އެކު 1 އަހަރުދުވަހުގެ ތަޖްރިބާލިބިފައިވުން އަދި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:  އައިސްޕްލާންޓްގައި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ލިޔެކިޔުން ބެލެހެއްޓުމާއި އަދި އައިސްޕްލާންޓްއަށް ލިބޭ ފައިސާ ބެލެހެއްޓުން.

  

މަޤާމް:       ލޭބަރ (ބ. ތުޅާދޫ އައިސް ޕްލާންޓް)

ބޭނުންވާ ޢަދަދު:  1

އަސާސީ މުސާރަ :  2700.00 ރުފިޔާ                      

ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: ލިޔަން ކިޔަން ދަތުމާއި ، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު: 

- އައިސްޕްލާންޓްން މަސްވެރިންނަށް އައިސް ދޫކުރުން.

 

- އައިސްޕްލާންޓް ސާފްތާހިރުކޮށް ބެލެހެއްޓުން.

- އައިސްޕްލާންޓް ޙަވާލުވެގެން ހުންނަ ވެރިއެއްގެ އިރުޝާދުގެ ދަށުން އައިސްޕްލާންޓްގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

      

މަތީގައި ދެންނެވިފައިވާ މަޤާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީ ފައިސާ ލިބިދެވޭނެއެވެ.

މަތީގައިވާ މަޤާމްތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކެއް ނެތްނަމަ ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި އެންމެމަތިން މާރކްސް ލިބޭ ފަރާތްތަށް އިސްކަން ދެވޭނެއެވެ.

މިމަޤާމްތަކަށް އެދިލައްވާ ފަރާތްތަކުން 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ)އާއިއެކު ވަޒީފާއަށް އެދި ހެޑްއޮފީހަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން-300 އަށް ގުޅުއްވުން އެދެމެވެ.

 

             07 ޖުލައި 2019 

07 ޖުލައި 2019
ހޯދާ