ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އިޢުލާން

 

މަޤާމް

ޕްރޮޖެކުޓް އޮފިސަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

01

 

މުއްދަތު

06 މަސް ދުވަސް

 

މުސާރަ

މަހަކު 10,000/-  ރުފިޔާ

ސެކްޝަން/ޔުނިޓް/ތަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން، އަދި ރެކޯޑް މެނޭޖްމެންޓް ސެކްޝަން

މަގާމުގެ މަސްޢޫލިއްޔަތު

-         ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު ޢަދާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ކަނޑައަޅާ އާރކައިވްސް، ޕްރިޒަރވޭޝަން، ޑިޖިޓަލައިޒޭޝަން، އެޑްމިނިސްޓްރޭޓިވް، ޕްރޮކިއުމެންޓް އަދި މިނޫނަސް އެވަގުތަކަށް ކޮންމެހެން ކުރަންޖެހިގެން ޤައުމީ އަރުޝީފުން ކަނޑައަޅާ މަސައްކަތްތައް ކުރުން

މަގާމުގެ ޝަރުތު

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުން،

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލް ކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލް ކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-      ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2-      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3-      ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4-      ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުން ލިބެން ހުންނާއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހަންޖެހޭ ފަދަ ސެޓްފިކެޓްތަކުގައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާއިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3010966 އެވެ. ވަޒީފާއަށްއެދޭ ފޯރމް ހުށައަޅުއްވާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީ ބަޔަށެވެ. ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުގެ އިދާރީ ބައިންނާއި (މ. ވައިނުޖެހޭގެ 1 ގެ 03 ވަނަ ފަންގިފިލާ)، ރެކޯޑް މެނޭޖްމެންޓް ސެކްޝަން (ޤައުމީ ދާރުލްއާސާރު ޢިމާރާތުގެ 02 ވަނަ ފަންގިފިލާ) އިން ލިބެން ހުންނާއެވެ. ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

04 ޖުލައި 2019
ހޯދާ